ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ޕްރިންސިޕަލުންގެ މުސާރަ 82 ޕަސެންޓާ ހަމައަށް މިއަދު ބޮޑުކޮށްފިއެވެ.

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ މިއަދުން ފެށިގެން ބޮޑު ކުރެއްވިކަން ރައީސް ސޯލިހު މިއަދު އިއުލާން ކުރެއްވުމާއި ގުޅިގެން އެކަމުގެ ތަފުސީލުތައް ދިނުމަށް ރައީސް އޮފީހުގައި މިއަދު ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވައިފައެވެ.

  • ރޭންކު 1:
  • ޕްރިންސިޕަލުންގެ އަދަދު: 127
  • ކުރިން ލިބޭ މުސާރަ: ޕެންޝަނަށްފަހު 16،214 ރުފިޔާ
  • މިހާރު ލިބޭ މުސާރަ: ޕެންޝަނަށްފަހު 29،445 ރުފިޔާ
  • ބޮޑުވި ޕަސެންޓޭޖް: %82
  • ރޭންކު 2:
  • ޕްރިންސިޕަލްގެ އަދަދު: 48
  • ކުރިން ލިބޭ މުސާރަ: ޕެންޝަނަށްފަހު 20،049 ރުފިޔާ
  • މިހާރު ލިބޭ މުސާރަ: ޕެންޝަނަށްފަހު 31،816 ރުފިޔާ
  • ބޮޑުވި ޕަސެންޓޭޖް: %59

ރޭންކު ތިނެއްގައި އަދި އެއްވެސް ޕްރިންސިޕަލެއް ނެތެވެ. ނަމަވެސް އެ ރޭންކުގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 35،452 އެވެ. އެއީ ޕެންޝަނަށް ކެނޑުމުގެ ކުރިން ލިބޭނެ މުސާރައެވެ.

  • ރޭންކު 1:
  • އަދަދު: 5
  • ކުރިން ލިބޭ މުސާރަ: ޕެންޝަނަށްފަހު 12،547 ރުފިޔާ
  • މިހާރު ލިބޭ މުސާރަ: ޕެންޝަނަށްފަހު 22،273 ރުފިޔާ
  • ބޮޑުވި ޕަސެންޓޭޖު: %78
  • ރޭންކު 2:
  • އަދަދު: 44
  • ކުރިން ލިބޭ މުސާރަ: ޕެންޝަނަށްފަހު 16،158 ރުފިޔާ
  • މިހާރު ލިބޭ މުސާރަ: ޕެންޝަނަށްފަހު 24،941 ރުފިޔާ
  • ބޮޑުވި ޕަސެންޓޭޖު: %54

ޑިޕިއުޓީ ޕްރިންސިޕަލްގެ ކެޓަގަރީގައިވެސް ރޭންކު ތިނެއްގައި އަދި އެއްވެސް މީހަކު ނުހިމެނެއެވެ. ނަމަވެސް އެ ރޭންކުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 27،590 ރުފިޔާއެވެ. އެއީ ޕެންޝަނަށް ކެނޑުމުގެ ކުރިން ލިބޭނެ މުސާރައެވެ.