އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި ސްކޭމް ޕޯސްޓުތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
އެ ސްކޭމްތަކަށް ސަމާލުވާން ފުލުހުން އެދިފައިމިވަނީ ފޭސްބުކްގައި ޕޭޖުތަކެއް ހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ދައުރުކުރުން އިތުރުވެފައިވާތީއެވެ.
ފުލުހުން މިއަދު ބުނީ ހެޔޮއަގުގައި ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެއްވެސް ދައުރުކުރަމުންދާ ކަމަށާއި އެގޮތުން، ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމެންޓް ނަގަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަށް ސަމާލުވާން ފުލުހުން އެދިފައިވާ އިރު، އެސްޓީއޯ ސުޕަމާޓުގެ ނަމުގައި އޮޅުވާލައިގެން ޝޯޝަލް މީޑިއާގައި ފައިސާގެ އިނާމު ލިބޭނެ ފަދަ ޕްރޮމޯޝަނެއް ހިންގާތީ އެކަމަށް ސަމާލުވާން އެ ކުންފުނިންވެސް ވަނީ މިއަދު އެދިފައެވެ. އަދި އެހެން ވިޔަފާރިތަކުގެ ނަމުގައިވެސް އޮޅުވާލައިގެން ފޭސްބުކްގައި ފައިސާގެ އިނާމު ލިބޭނެ ޕްރޮމޯޝަންތައް ދަނީ ހިންގަމުންނެވެ. މިފަދަ ޕްރޮމޯޝަންތައް ހިންގަމުން ދަނީ އެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ސޯޝަލް މީޑިއާ ޕޭޖާ ދާދި އެއްގޮތް ސިފަތަކަށް ޕޭޖުތައް ތައްޔާރުކޮށްގެންނެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ އެއްވެސްކަމެއްގައި ބައިވެރިނުވުމަށާއި ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެ ޕޯސްޓުތައް ޝެއާނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު