އެސްޓީއޯ ސުޕަމާޓުގެ ނަމުގައި އޮޅުވާލައިގެން ޝޯޝަލް މީޑިއާގައި ފައިސާގެ އިނާމު ލިބޭނެ ފަދަ ޕްރޮމޯޝަނެއް ހިންގާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދިއްޖެއެވެ.

އެސްޓީއޯ އިން ބުނީ، ކަސްޓަމަރުންނަށް އިނާމު ލިބޭ ފަދަ އޮންލައިން ޕްރޮމޯޝަންތައް އެ ކުންފުނިން ކުރިއަށް ގެންދާނީ އެސްޓީއޯގެ އޮފިޝަލް ޕޭޖުތަކުން ކަމަށެވެ.

އަދި ޕްރޮމޯޝަނެއްގައި ބައިވެރިވެ، އިނާމެއް ހަވާލުކުރުމަށް އެސްޓީއޯއިން ކަސްޓަމަރުުންނަށް އަބަދުވެސް ގުޅަމުންދާނީ އެކުންފުނީގެ ކޯލް ސެންޓަރު 1422 ނަންބަރުން ކަމަށްވެސް ބުންޏެވެ.

އެހެންކަމުން އެސްޓީއޯއިން ވަނީ އެފަދަ ޕޯސްޓުތަކުގައި ބައިވެރިނުވުމަށާއި ޝެއާނުކުރުމަށް އެދިފައެވެ.