ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ. ވިލިނގިލީ މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި، ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.
އެ މަޝްރޫއުގެ ދަށުން ފަސް ކިލޯ މީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމެއް ގާއިމު ކުރުމާއި މަގުތަކުގައި މަގުބައްތިޖެހުމާއި ތާރު އަޅައިގެން ހަދާފައިވާ މަގުތައް ރީސާފޭސްކުރުން ހިމެނެއެވެ.
އެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ އަގަކީ 98.3 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު