އަންނަ އާދިއްތަ، ހޯމަ، އަދި ބުރާސްފަތި ދުވަހު އައިޖީއެމްއެޗުގެ އޯޕީޑީއާއި އެހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރުގެ ފިތުރު އީދު ދުވަހާއި މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެން ކްލިނިކަލް ހިދުމަތްތައް (އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް ފިޔަވައި)، އަންނަ އާދިއްތަ، ހޯމަ އަދި ބުރާސްފަތި ދުވަހު ބަންދުވާނެ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ، އަންނަ އަންގާރަ އާއި ބުދަ ދުވަހު، އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެން ކްލިނިކަލް ހިިދުމަތްތައް ހެނދުނު 9:00-16:00 އަށް ލިބޭނެ ކަމަށެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ، ފިތުރު އީދު ދުވަހާއި މަސައްކަތްތެރީންގެ ދުވަހާ ގުޅިިގެން އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކެނޑިގެންދިޔަނަމަވެސް ޓްރޯމާ އަދި އިމަޖެންސީ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު