ރ. މަޑުއްވަރީގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ފޯރިގަދަ، އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މިފަހަރުވެސް "ވަން" އޮންލައިން ކަނޑައަޅައިފިއެވެ.
މީޑިއާ ޕާޓްނަރަކަށް "ވަން" ކަނޑައަޅައި، އެކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ މުބާރާތް އިންތިޒާމް ކުރާ ބްލޫޕްރިންޓް ހަބާއި "ވަން" އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އިއްޔެ "ވަން"ގެ އޮފީހުގައި ބޭއްވި ހާއްސަ އިވެންޓްގައި އެއްބަސްވުމުގައި "ވަން"ގެ ފަރާތުން ސޮއިކުރެއްވީ އެޑްމިން އަދި މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. ބްލޫޕްރިންޓް ހަބްގެ ފަރާތުން ސޮއިކުރެއްވީ ބާސިމް ހަމީދެވެ.
ފިތުރު އީދު ދުވަހުގެ ރޭ މުބާރާތް ފަށަން އިއުލާން ކޮށްފައިވާ އިރު، މިހާރުވެސް ޓީމުތަކުން މުބާރާތަށް ފޯރިއާއެކު ތައްޔާރުވަމުން ދެއެވެ، ބޮޑެތި ޓްރާންސްފާތަކަކާއެކު ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން މަޝްހޫރު ތަރިން މިފަހަރުގެ މުބާރާތުން ފެނިގެންދާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ބްލޫޕްރިންޓް ހަބުން ވަނީ "ވަން" އަށް މައުލޫމާތު ދީފައެވެ.
މިދިޔަ އަހަރު މުބާރާތުގައި ކުޅުނީ އަށް ޓީމު ނަމަވެސް، މިފަހަރުގެ މުބާރާތުން ދިހަ ޓީމު ފެނިގެންދާނެއެވެ. ޓީމުތަކުން ފެންނާނެ ނަން މަޝްހޫރު ބައެއް ކުޅުންތެރިންނަށް ބަލާ އިރު، ގައުމީ ފުޓްސަލް ޓީމުގައިވެސް ހިމެނޭ ހުސައިން ޝަރީފް (އޮންލީ) އާއި އަލީ ހާފިޒް (ހާއްޕެ) ފަދަ ކުޅުންތެރިން ހިމެނެއެވެ. އޭގެ އިތުރުން އަޔާޒް އަހުމަދު (އަޔާ) އާއި އިބްރާހީމް މުބީން (މުއްކި) ވެސް މިފަހަރުގެ މުބާރާތުން ފެނިގެން ދާނެއެވެ.
މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެވެސް ފޯރި ގަދަވާނެ ކަމުގެ ޔަގީންކަން އިންތިޒާމު ކުރާ ފަރާތަށް އެބައޮތެވެ. މިހާރުވެސް ޓީމުތަކުން ތަމްރީނުތައް ކުރަމުން އަންނަ އިރު، އިންތިޒާމުތަކުގެ ފެންވަރުވެސް ކުރީ އަހަރަށްވުރެ ފުރިހަމަ ވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދީފައިވެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް މިފަހަރު ވަނީ 30،000 އަށް ބޮޑުކޮށްފައެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021 ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލު އެވެ. އެ އަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކޮށްފައިވާ އިރު، މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ