ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.
ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން، އެމްޓީސީސީން މިއަދު ބުނީ މަގުހެދުމުގެ މަޝްރޫއުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ޕަމްޕު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުގައި ދަވާދު ލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 16،518 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 38،916 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ. އަދި 19،679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 76.09 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު