އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގެ ނޭވަލް އެއަރ ސްޓޭޝަނެއްގެ ރަންވޭ މައްޗަށް ބޮޑު ކިނބުލެއް އަރައި އެތަނުން ދުރަށް ނުގޮސްގެން އެތައް އިރަކަށް ރަންވޭ ބަންދު ކުރަން ޖެހިއްޖެއެވެ. ބަންދު ކުރެވުނު ރަންވޭއަކީ ފްލޮރިޑާގެ ކީވެސްޓުގެ ނޭވަލް އެއަރ ސްޓޭޝަނެއްގައިވާ ރަންވޭއެކެވެ.
ގާތްގަޑަކަށް ހަތްފޫޓުގެ ދިގުމިން ލިބިފައިވާ ކިނބުލެއް ރަންވޭ މައްޗަށް އަރައި ރަންވޭ ހުރަސްވާ ގޮތަށް ހަމަޖެހިލައިގެން އޮތީ އިރުގެ ހޫނުކަން ލިބިގަތުމަށެވެ. އެސޮރު އެތާގައި އޮތުމުން ރަންވޭއަށް ޖައްސަން އައި ކިތަންމެ ޖެޓެއް އެ ރަންވޭއަށް ނުޖައްސައި ސްޓޭޝަނުގެ އަނެއް ރަންވޭއަށް ތިރިކުރަން ޖެހުނެވެ.
މި ސްޓޭޝަނަކީ ފްލޮރިޑާގެ މެރީން ވައިލްޑް ލައިފް ޕާރކަކާއި ވަރަށް ގާތުގައިވާ ސްޓޭޝަނެކެވެ. އެ ޕާކުގައި ގިނަ އަދަދެއްގެ ކިނބޫ އުޅެއެވެ. އެހެންނަމަވެސް މިއީ ސްޓޭޝަނުގެ ފުޅައްމަތިން އަރައިގެން އައިސް ރަންވޭ މައްޗަށް އަރައި ދުރަށް ނުގޮސް މަތިންދާ ބޯޓުތަކަށް ހުރަސްއެޅި ފުރަތަމަ ފަހަރެވެ. މި ކިނބުލަށް އިތުރު ގޯނާއެއް ނުކޮށް އެސޮރު ފަހުން ވަނީ އޭގެ އަސްލު ވަޒަނަށް ރުޖޫއަކޮށްފައެވެ.
ކީވެސްޓް ނޭވަލް އެއަރ ސްޓޭޝަން ހިމެނޭ އޭރިއާގައި އެކަނިވެސް ދިހަބާރަ ކިނބޫ އުޅޭ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ. މީގެ ކުރިން އެސޮރުމެން ދޭތެރެޔަކުން ރަންވޭ ހުރަސްކޮށްލިޔަސް ގަދަ ދައްކައި ދުރަށް ނުދާން އުޅެފައެއް ނުވެއެވެ. މިފަހަރު ރަންވޭ މައްޗަށް އެރި ކިނބޫ ދުރަށް ގެންދަން ޖެހުނީ އެކަމާ ބެހޭ ތަޖުރިބާކާރުން ގެނެސްގެން ވާޖަހައިގެން ގަދަކަމުންނެވެ. އެމެރިކާގެ އަސްކަރިއްޔާގެ ބާރު ފެނުނަސް އެސޮރު ބިރުގަނެ ސިހިގެން ސްޓޭޝަން ދޫކޮށްފައިދާ ޚިޔާލެއް ނުކުރިއެވެ. ވައިލްޑް ލައިފް ތަޖުރިބާކާރުންނަށް ގުޅައިގެން އެމީހުން ގެންނަން ޖެހުނީ އެހެންވެގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ