ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު އަބްދުއްރައޫފް އާއި ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ނިންމި ނިންމުމާމެދު ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ސުވާލު އުފައްދައިފިއެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިދިނުމަށް އެދި ޖޭއެސްސީން އެދުމުން އިއްޔެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށްފައެވެ. ޖުޑިޝަރީ ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު އަހުމަދު ސިރާޖު އެ މައްސަލަ ދިރާސާކޮށް ނިމުމުން ވިދާޅުވީ، ދެ ފަނޑިޔާރުންގެ މައްސަލަ ދިރާސާކުރިއިރު، އެ ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީއަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން ފާހަގަކުރެވޭ ބައެއް ކަންކަން އެބަހުރި ކަމަށާއި އެކަމާ ގުޅޭގޮތުން ސުވާލު އުފެދޭ ކަމަށެވެ.
އެގޮތުން ސިރާޖު ވިދާޅުވީ، ސްލޫކީ މައްސަލަ ތަހުގީގުކުރުމަށް އުފެއްދި ތަހުގީގު ކޮމެޓީގެ އިއްތިފާގުން މައްސަލަ ސާބިތުނުވާ ކަމަށް ނިންމި މައްސަލައެއް، ފަހުން އެ ކޮމެޓީއަށް ބަދަލުގެނެވި މުޅި ނިންމުން ބަދަލުވެފައިވަނީ ކީއްވެތޯ އާއި ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަ ތަހުގީގުކުރުމަށް ޖޭއެސްސީން ފުރަތަމަ ތިން މެންބަރެއްގެ މައްޗަށް އެކުލެވޭ ކޮމެޓީން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެއްވެސް ސްލޫކީ މައްސަލައެއްް ނެތްކަމާއި، އެއްވެސް ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށް ކަމަށެވެ.
"މިކަން އަޅުގަނޑަށް ފެނޭ ޖޭއެސްސީ ފަރާތުން ސާފުކޮށްލަން، ފުރަތަމަ ސްލޫކީ ކޮމެޓީން އިއްތިފާގުން އެއްވެސް ސްލޫކީ މައްސަލައެއް ނެތްކަމަށް ނިންމަވާފަ، ފަހުން ކޮމެޓީއަށް ކުޑަ ބަދަލެއް އައިސް، އިއްތިފާގުން ނިންމަވާފަ އޮތް ނިންމުމެއް އެއްކޮށް އެ ބަދަލުވީ ކީއްވެތޯ އަޅުގަނޑު ބޭނުންވޭ ސާފުކޮށްލަން." ސިރާޖް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ މައްސަލައާ ގުޅިގެން ފަހުން އެކުލަވައިލެވުނު ރިޕޯޓަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އެ ފަނޑިޔާރުންނަށް ދީފައިވޭތޯ ޖޭއެސްސީން ސާފުކުރަން ބޭނުންވާކަމަށާއި އެއީ ދެ ފަނޑިޔާރުންގެ ފަރާތުން ކޮމިޓީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ ފަހުން ތައްޔާރުކުރި ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ޖޭއެސްސީން ދީފައިނުވާ ކަމަށެވެ. ސިރާޖު ވިދާޅުވީ، ފަނޑިޔާރުން ބަޔާންކޮށްފައިވާ ގޮތަށް ޖޭއެސްސީން އަމަލުކޮށްފައިވާނަމަ، އެއީ ގާނޫނާހިލާފު އަމަލެއް ކަމަށެވެ.
ފަނޑިޔާރަކާމެދު އަޅާ ފިޔަވަޅެއް ނިންމަންވާނީ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ޖަވާބުދާރީވުމުގެ ފުރުސަތުދީފައި ކަމަށް ގާނޫނުގައި ބަޔާން ކުރާ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.
"މި ކޮމިޓީގެ މަސްއޫލިއްޔަތަކީ ވެސް މި ގޮތަށް ފޮނުވާ މައްސަލަތަކުގައި އިޖުރާއީ ގޮތުން ކަންކަން ގޮސްފައި ހުރީ ރަނގަޅަށްތޯ ބަލައި އެކަންކަން ސާފު ކުރުން، އަޅުގަނޑަށް ފެންނަގޮތުގައި މިއީ ހަމަ އިޖުރާއީ ގޮތުން ބަލައި ސާފުކޮށްލަން ރަނގަޅު ކަމެއް." ސިރާޖު ވިދާޅުވިއެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް، ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި، އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް، އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ބުނެއެވެ.
އެކަމާ ގުޅުވައި ސިރާޖު ވިދާޅުވީ، އެގޮތަށް ފްލެޓް ލިބިފައިވާ އެހެން ފަނޑިޔާރުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައިވޭތޯ ޖޭއެސްސީއާ ސުވާލުކުރަން ޖެހޭ ކަމަށާއި، އެގޮތަށް ފްލެޓް ލިބުނު ފަނޑިޔާރުން ރިޓަޔާކުރައްވާފައިވާނަމަ ފަނޑިޔާރު އަބްދުއްރައޫފް އާއި ފަނޑިޔާރު ހަމީދު މައްސަލަ ނިންމުމުގައި އެކަމަށް ރިއާޔަތް ނުކުރި ސަބަބު ސާފުކުރަން ޖެހޭކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.
"އަދި އެބަ ފާހަގަކުރޭ މީގެ ކުރިން މިގޮތަށް ފްލެޓު ލިބިފައި ހުރި ފަނޑިޔާރުން ޝަރަފުވެރިކަމާއިއެކު ރިޓަޔަކުރައްވަން ޖޭއެސްސީން ފުރުސަތު ދީފައިވާކަމަށް، އެހެންވީމަ މިކަންވެސް ޖޭއެސްސީގެ ފަރާތުން ސާފުކޮށްލަން އަޅުގަނޑު ބޭނުން" ސިރާޖު ވިދާޅުވިއެވެ.
މީގެ އިތުރުން ސިރާޖު ވިދާޅުވީ، ފަނޑިޔާރަކަށްވީތީ ފްލެޓު ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި އަދި އެއީ ރަނގަޅު ގޮތެއް ވެސް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ޖޭއެސްސީން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައިގައި ވެސް ފަނޑިޔާރުންނަށް ފްލެޓް ދިނުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވާ ކަމަށެވެ.
ސިރާޖު ފާހަގަކުރެއްވި ކަންކަމަށް ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ ތާއިދު ކުރައްވައިފައެވެ. އެހެންވެ ކޮމިޓީން ނިންމީ ސިރާޖު ފާހަގަކުރެއްވި ކަންކަމަށް ޖަވާބު ހޯދުމަށް ސިޓީއަކުން ޖޭއެސްސީއަށް ހުށަހެޅުމަށެވެ.
ޖޭއެސްސީން ފަނޑިޔާރު އަބްދުއްރައޫފް އާއި ފަނޑިޔާރު ހަމީދު މަގާމުން ވަކިކޮށް ދިނުމަށް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ދެ ފަނޑިޔާރުންގެ މައްސަލަ މަޖިލީހަށް ފޮނުވިއިރު ހައި ކޯޓުގެ އެހެން ފަނޑިޔާރެއްކަމަށްވާ އަލީ ސަމީރު ވަނީ މިމަހުގެ 17 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް، ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި، އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް، އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ބުނެއެވެ.
އެކަމާ ގުޅުވައި ސިރާޖު ވިދާޅުވީ، އެގޮތަށް ފްލެޓް ލިބިފައިވާ އެހެން ފަނޑިޔާރުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައިވޭތޯ ޖޭއެސްސީއާ ސުވާލުކުރަން ޖެހޭ ކަމަށާއި، އެގޮތަށް ފްލެޓް ލިބުނު ފަނޑިޔާރުން ރިޓަޔާކުރައްވާފައިވާނަމަ ފަނޑިޔާރު އަބްދުއްރައޫފް އާއި ފަނޑިޔާރު ހަމީދު މައްސަލަ ނިންމުމުގައި އެކަމަށް ރިއާޔަތްނުކުރި ސަބަބު ސާފުކުރަން ޖެހޭކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.
"އަދި އެބަ ފާހަގަކުރޭ މީގެ ކުރިން މިގޮތަށް ފްލެޓު ލިބިފައި ހުރި ފަނޑިޔާރުން ޝަރަފުވެރިކަމާއިއެކު ރިޓަޔަކުރައްވަން ޖޭއެސްސީން ފުރުސަތު ދީފައިވާކަމަށް، އެހެންވީމަ މިކަންވެސް ޖޭއެސްސީގެ ފަރާތުން ސާފުކޮށްލަން އަޅުގަނޑު ބޭނުން" ސިރާޖު ވިދާޅުވިއެވެ.
މީގެ އިތުރުން ސިރާޖު ވިދާޅުވީ، ފަނޑިޔާރަކަށްވީތީ ފްލެޓު ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި އަދި އެއީ ރަނގަޅު ގޮތެއް ވެސް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ޖޭއެސްސީން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައިގައި ވެސް ފަނޑިޔާރުންނަށް ފްލެޓް ދިނުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވާ ކަމަށެވެ.
ސިރާޖުގެ އެ ކަންކަމަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވަނީ ތާއިދުކޮށްފައެވެ. އެހެންވެ ކޮމިޓީން ނިންމީ ސިރާޖު ފާހަގަކުރި ކަންކަމަށް ޖަވާބު ހޯދުމަށް ސިޓީއަކުން ޖޭއެސްސީއަށް ހުށަހެޅުމަށެވެ.
ޖޭއެސްސީން ފަނޑިޔާރު އަބްދުއްރައޫފް އާއި ފަނޑިޔާރު ހަމީދު މަގާމުން ވަކިކޮށް ދިނުމަށް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ދެ ފަނޑިޔާރުންގެ މައްސަލަ މަޖިލީހަށް ފޮނުވިއިރު ހައި ކޯޓުގެ އެހެން ފަނޑިޔާރެއްކަމަށްވާ އަލީ ސަމީރު ވަނީ މިމަހުގެ 17 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ވަކިކުރަން ނިންމި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ރައޫފަކީ ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ވެސް އިންނަވާ ފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ އާ ބެންޗަށް ރައޫފް އައްޔަން ކުރަން ޖޭއެސްސީން ލަފާ ދެއްވިޔަސް، ސުލޫކީ މައްސަލައެއް އޮތުމުން އެ ނަން އޭރު ނުފޮނުވައެވެ. ފަނޑިޔާރު ހަމީދަކީ, ހައިކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އެގޮތުން, ފަނޑިޔާރު ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 2007 ވަނަ އަހަރު އެވެ. ފަނޑިޔާރު ހަމީދު ވަނީ މީގެކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ސަމީރު، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ މާޗު 2011 ގަ އެވެ. ހައި ކޯޓުގެ ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ ފަނޑިޔާރަކީ ވެސް އަލީ ސަމީރެވެ. ސަމީރު އިސްތިއުފާދެއްވުމާއި ގުޅިގެން މިހާރު އެމަގާމަށް އިންތިހާބު ކޮށްފައިވަނީ ހައި ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ މުހައްމަދު ނިޔާޒުއެވެ. އެ މަގާމަށް ފަނޑިޔާރު ނިޔާޒު އިންތިހާބުކުރެއްވީ އިއްޔެއެވެ.
ހައި ކޯޓަށް އައްޔަންކުރުމުގެ ކުރިން ސަމީރު ވަނީ، ކުރިމިނަލް ކޯޓުގެ ސެކްރެޓެރީ ކަމާއި، ސިވިލް ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރު ކަމުގެ މަގާމާއި ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމާއި ސިވިލް ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމުވެސް އަދާ ކުރައްވައިފައެވެ.
އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު