އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިިދިޔަ އަހަރު 588 މައްސަލައެއް ތަހުގީގުކޮށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ އަހަރު އެ ކޮމިޝަނަށް ޖުމުލަ 758 މައްސަލައެއް ހުށަހެޅިއެވެ. އަދި ކޮމިޝަނުން އިސްނަގައިގެން 24 މައްސަލައެއް ބަލަން ނިންމިއެވެ.
އޭސީސީން މިދިޔަ އަހަރު 588 މައްސަލަ ނިންމި ނަމަވެސް އެއީ 2020 ވަނަ އަހަރު އެ ކޮމިޝަނުން ނިންމި މައްސަލަތަކަށްވުރެ 38 ޕަސެންޓް ދަށް އަދަދެކެވެ. އޭސީސީން 2020 ވަނަ އަހަރު ނިންމާފައި ވަނީ 961 މައްސަލައެކެވެ.
އޭސީސީން މިދިޔަ އަހަރު ވަނީ 22 މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. އަދި އެކިއެކި އިދާރާތަކަށް 284 އެންގުމެއް އެ ކޮމިޝަނުން އަންގާފައިވެއެވެ.
ތަހުގީގުތަކަށްފަހު އޭސީސީން މިދިޔަ އަހަރު ވަނީ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާ ގުޅޭ އެކި އިދާރާތަކަށް އަންގައިފައެވެ.
ޚަބަރު
ޚަބަރު