ޚަބަރު

ކަނޑިތީމުން ގެއްލުނު އެއް އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ށ. ކަނޑިތީމުގައި ގެއްލިގެން ހޯދަމުންދިޔަ އެއް އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، ކަނޑިތީމުގައި އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 6:30 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބިފައިވަނީ އާންމުންގެ ފަރާތުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ މޫދުގައި އޮއްވައި ފެނުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.