ހުޅުމާލޭގެ ދެ ތަނަކުން ކާރު ޕާކިންއަށް ޖާގަ ކުއްޔަށް ދޭން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހަވީރު ކުރި ޓުވީޓެއްގައި ބުނީ ފީ ދައްކައިގެން ކާރު ޕާކްކުރުމަށް ފޭސް އެކެއްގެ ދެ ސަރަހައްދަކަށް ބިޑަށް ހުޅުވާލާނެ ކަމަށެވެ. އެއީ ފެރީ ޓާމިނަލް ކައިރިން ފިތުރޯނު ޕާކިންނަށް 50 ޖާގަ އަދި ރެޑްވޭވް މެގަމޯލް ކައިރިން އުނިމާ ޕާކިން އިން 20 ޖާގައެވެ.
ނަމަވެސް އެ ސްލޮޓްތައް ކުއްޔަށް ދޫކުރަން ނިންމާފައިވާ ގޮތާ ގުޅޭ ގޮތުން އެޗްޑީސީން މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
މީގެކުރިން ހުޅުމާލޭގެ ކޮންމެ ތަނެއްގައި ޕާކު ކުރެވޭ ގޮތަށް އެޗްޑީސީން ދިޔައީ އުޅަނދު ރަޖިސްޓްރީ ކޮށްދެމުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ފްލެޓުތަކާއި ރޯ ހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް ވެހިކަލް ރަޖިސްޓްރީ ކޮށްދޭ ގޮތަށް ވެސް ހަމަޖެއްސިއެވެ.
ނަމަވެސް އެޗްޑީސީން ވަނީ ފަހުން އެ އުސޫލު އުވާލައިފައެވެ. މިހާރު ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީކޮށްދެނީ ގަރާޖު ހުރި ތަންތަނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު