ލައިސަންސް ނެތި ބިދޭސީން ރެކްރޫޓްކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް އަންނަ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ސަރުކާރު ގެޒެޓުގައި ޝާއިއުކުރި "ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު" ގައިވާގޮތުން ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކަށް ހިދުމަތް ދެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެންނެވެ. އެ ގަވާއިދުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަޒީފާގެ ބާޒާރުގައި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދައިދިނުމުގަ އާއި ވަޒީފާ ހޯދަން އުޅޭ މީހުންނަށް އެ މަގު ފަހިކޮށްދިނުމުގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުގެ ދައުރު އެކަށައަޅައިފައެވެ.
ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް ހުއްދި ދެވޭނީ ތިން އަހަރަށެވެ.
- - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް އެދި ހުށަހެޅުން
- - ލައިސަންސް ބާޠިލުކޮށްދިނުމަށް ޝަރުއީ ކޯޓަކުން އެންގުން
- - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވުން
- - ހުއްދަދީފައިވާ މުއްދަތު ހަމަވުން
- - ކެޓަގަރީ (އޭ): ރެކްރޫޓްމަންޓުގެ ހިދުމަތާއި ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތައް
- - ކެޓަގަރީ (ބީ): ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތައް
- - ކެޓަގަރީ (ސީ): މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތް ދޭ އެޖެންސީތައް
"ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު"ގައިވާ ގޮތުން އެމްޕްލޯއިމަންޓް ސާވިސް ލައިސަންސެއް ނެތް އޭޖެންސީއަކުން އެއްވެސް ކެޓެގަރީއެއްގެ ލައިސަންސަކާ ނުލައި ހިދުމަތް ދީފި ނަމަ، ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު ލައިސަންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ގަވާއިދާ ހިލާފަށް ރެކްރޫޓްމެންޓް ހިދުމަތެއް ދީފިނަމަ ޖޫރިމާނާ ކުރާ އަދަދުތަށް
- - 40،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، ގަވާއިދާ ހިލާފަށް ރެކްރޫޓްކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާކުރުން
- - ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓުން
- - ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރުން
- - ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓުން
- - 50،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، ގަވާއިދާ ހިލާފަށް ހިދުމަތް ދޭން ބޭނުންކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާކުރުން
- - އެއް އަހަރަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓުން
- - މީގެއިތުރުން، އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް ކެޓަގަރީގައި ނުހިމެނޭ ހިދުމަތެއް ދިނަސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެގޮތުން:
- - ކެޓަގަރީ (އޭ) ލައިސަންސަކާ ނުލައި ރެކްރޫޓްމެންޓް ހިދުމަތެއް ދީފި ނަމަ، އޭޖެންސީއަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާ އެކު ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ
- - ކެޓަގަރީ (އޭ) ނުވަތަ (ބީ) ލައިސަންސަކާ ނުލައި ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދީފި ނަމަ އޭޖެންސީއަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާ އެކު 10،000 ރުފިޔާއިން ޖޫރިމަނާކޮށް، ރެކްރޫޓްކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ
- - ކެޓަގަރީ (ސީ) ލައިސަންސަކާ ނުލައި މޭންޕަވާ ސަޕްލައިގެ ހިދުމަތް ދީފި ނަމަ އޭޖެންސީއަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާ އެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ހިދުމަތް ދިނުމުގައި ބޭނުންކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ
ޚަބަރު
ޚަބަރު
ޚަބަރު