އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ މިނިސްޓްރީން އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ޑިވިޝަންތަކާއި، ސްކޫލްތަކުގެ ނަމުގައި އޮޅުވާލައިގެން ކޯލްތައް ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ހޯދުމަށް ކޮންޓެކްޓް ކުރާނީ ކުރިން އެނގިފައިވާ މައުލޫމާތު ހޯދުމަށްފަހު ކަށަވަރު ކުރެވޭ ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެން ކަމުން މިފަދަ ސައްހަ ނޫން ކޯލްތަކަށް ހިތްވަރުނުދީ އެފަދަ ކޯލްތަކަށް ސަމާލުވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެކިއެކި މުއައްސަސާތަކުގެ ނަމުގައި ފޭކް ކޯލްތައްކޮށް މީހުންގެ އަތުން ގިނަ އަދަދުތަކުން ފައިސާ އަތުލުން މިހާރު ވަނީ އާންމު ކަމަކަށްވެފަ އެވެ.
ޚަބަރު
ޚަބަރު