ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފައިނޭންޝިއަލް ކޮންޓްރޯލަރުގެ މަގާމަށް އިބްރާހިމް މާއިޒް ހަމަޖައްސައިފިއެވެ.

ކްރިކެޓް ބޯޑުގެ ފިނޭންޝިއަލް ކޮންޓްރޯލުގެ މަގާމަށް މާއިޒް ނެގީ ކުރިމަތިލި ފަރާތްތަކުގެ މެދުގައި އިންޓިވިއުތައް ކުރިއަށް ގެންގޮސްގެންނެވެ. ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ މެދުގައި އިންޓިއުވިއުތައްކޮށް ކްރިކެޓް ބޯޑުން ވަނީ އެޕްލައި ކުރި ފަރާތްތަކުގެ ކޮލިފިކޭޝަނާއި ތަޖުރިބާއަށްވެސް ބަލައިފައެވެ.

ކްރިކެޓް ބޯޑުން ބުނީ މާއިޒް އެ މަގާމަށް ނެގުމުގައި ބެލީ ދާއިރާއާ ބެހޭ ތައުލީމު ހާސިލްކޮށްފައިވާ މިންވަރާއި މަސައްކަތާ ގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ އަށް ކަމަށެވެ. އެ ގޮތުން މާއިޒްގެ ޕްރޮފައިލަށް ބަލާއިރު، އޭނާއަކީ ފާހަގަކޮށްލެވޭ ދާއިރާތަކުގައި ފައިނޭންޝިއަލް ރަނގަޅު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމަށް ކްރިކެޓް ބޯޑުން ވަނީ ބުނެފައެވެ.

ކްރިކެޓް އާ ހަރުފަތަކަށް ގެންދިޔުމަށް ހާއްސަ ޕްލޭނެއް ހަދައި އާ ބޯޑުން މަސައްކަތްތަކެއް ކުރަމުން އަންނައިރު، ރައީސް މުހައްމަދު ފައިސަލް ވަނީ ކްރިކެޓްގެ ބޮޑު ޕްލޭނެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކްރިކެޓް ބޯޑުގެ އެންމެ އިސް އެއް މަސައްކަތަކީ 2030 އާ ހަމައަށް ހާސިލްކުރެވޭނެ ޓާގެޓްތަކެއްގެ މައްޗަށް ހަދާ ޕްލޭނުގެ ކަންކަމެވެ.