އަލްހާފިޒް އަހުމަދު ނަބީހު އަބްދުލްގާދިރަކީ ނަމޫނާ ކުއްޖެއް ކަމަށާއި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ، ނަބީހާއެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ނަބީހުގެ މަންމައާއި ބައްޕަވެސް ބައިވެރިވިއެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ނަބީހަށް ކީރިތި ގުރުއާން ކިޔެވުމުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވައި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ނަބީހުގެ ބެލެނިވެރިން ވަނީ ދުބާއީ އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި ނަބީހު ބައިވެރިވުމަށް ކުރި ދަތުރުގެ ތަޖުރިބާ ނައިބު ރައީސްއާ ހިއްސާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު