މެޑިފްލެކްސް ލެބޯޓަރީ، ބައިނަލްއަގުވާމީ މިންގަނޑުގެ ލެބޯޓަރީއަކަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
މެޑިފްލެކްސް ލެބޯޓަރީގެ ޑިރެކްޓަރު، ޝަހީދު މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ އެ ލެބޯޓަރީ އަކީ އައިއެސްއޯ-15189 ސްޓެންޑާޑްގެ ޑައިގްނޯސްޓިކް ލެބޯޓަރީއަކަށް ހެދުމަށްޓަކައި އެކްރެޑިޓް ކުރުމުގެ މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށެވެ.
ޝަހީދު ވިދާޅުވީ އެކަމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި ތަނުގައި ހުންނަންޖެހޭ ކޮލިޓީ އެޝިއުރެންސްކުރުމަށް ހަދަންޖެހޭ ތަމްރީނުތައް އިއްޔެ އެ ލެބޯޓަރީގައި ފަށާފައިިވާ ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް ހަ މަސް ތެރޭގައި މެޑިފްލެކްސް ލެބޯޓަރީތަކަކީ އައިއެސްއޯ-15189 ސްޓެންޑާޑްގެ ލެބޯޓަރީއަކަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާނީ މި ސްޓެންޑާޑަށް މެޑިފްލެކްސް ލެބޯޓަރީސް ހެދުމުގެ މަސައްކަތް އިނިޝިއޭޓް ކޮށްފަ. އެކްރެޑިޓް ކުރުމުގެ މަސައްކަތް މިހާރު ފަށައިގެން މިދަނީ. އިއްޔެ ޓްރެއިނިން ފެށީ، ދެން ކުރިއަށް އޮތް ހަ މަސް ތެރޭގައި އަޅުގަނޑުމެން އައިއެސްއޯ ބޭނުންވާ ހުރިހާ ރިކުއާމެންޓެއް ފުލްފިލްކޮށްފަ. އަޅުގަނޑުމެންނަށް އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ،" ޝަހީދު ވިދާޅުވިއެވެ.
އައިއެސްއޯ-15189 ސެޓްފިކެޓް ސްޓެންޑާޑް އަކީ އިންޓަނޭޝަނަލް ޑައިގްނޯސްޓިކް ލެބޯޓަރީއެއްގައި ހުންނާނެ އެންމެ މަތީ މިންގަނޑެވެ. އައިއެސްއޯ-15189 ސެޓްފިކެޓް ހާސިލުވުމުން މެޑިފްލެކްސް ވެގެންދާނީ ރާއްޖޭގައި ހުރި ބައިނަލްއަގުވާމީ މިންގަނޑުގެ މެޑިކަލް ޑައިގްނޯސްޓިކް ހަދާ ފުރަތަމަ ލެބޯޓަރީއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު