އދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިޔަކު ގެނބިގެން އުޅޭ ކަމަށް މިއަދު މެންދުރު 12:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފަރުވާދެމުން ދަނިކޮށް މީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށާއި ނިޔާވެފައިވަނީ އިންޑިއާގެ 30 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.