ޖިސްމާނީގޮތުން ގައިގެ ބާރު އާދަޔާ ޚިލާފަށް ގަދަ މީހުން އުޅެއެވެ. އެމީހުންގެ ބާރު ދެއްކުމަށްޓަކައި ބަރު އުފުލުމުގެ ދުނިޔޭގެ އެކި ރިކޯޑުތައް ގާއިމުކުރެއެވެ. އިނގިރޭސިވިލާތުގެ ޑާރބީޝަޔަރ އަށް ނިސްބަތްވާ ޖޯން އިވާންސަކީ މިކަހަލަ މީހެކެވެ.
ޖޯން އިވާންސް ވަނީ އޭނާގެ 75 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން 85 ކިލޯގެ ބަރުދަން ހުރި ބިޔަ ތާޖެއް އޭނާގެ ބޯމަތީގައި ބަހައްޓައިގެން ބެލަންސްކޮށްފައެވެ. މިއީ ޖޯން އިވާންސްގެ 100 ވަނަ ދުނިޔޭގެ ރިކޯޑެވެ. ފަހަކަށް އައިސް އޭނާ ރިކޯޑުތައް ގާއިމް ކުރަނީ ބޮލުގެ މަތީގައި އެކި ކަހަލަ ތަކެތި ބެލަންސްކޮށްގެންވެ. މިގޮތުން މިނީވޭނެއްވެސް ބޮލުގެ މަތީގައި އޭނާ ވަނީ އުފުލައިފައެވެ.
އެންމެ ފަހުން އޭނާ ބޭނުންކުރި ތާޖަކީ ލަކުޑިޔާއި ޕްލާސްޓިކް ބޭނުންކޮށްގެން އޭނާ އަމިއްލަޔަށް އުފެއްދި ތާޖެކެވެ. ތާޖެއް ބެލަންސްކޮށް ރިކޯޑެއް ހެދުމުގެ ބޭނުމަކީ އޭނާއަކީ ބެލަންސްކުރުމުގެ ރާޖާކަން ދުނިޔެއަށް ދެއްކުން ކަމަށް އިވާންސް ބުންޏެވެ.
ޖޯން އިވާންސަށް އޭނާގެ ގައިގައި އާދަޔާ ޚިލާފު ބާރުގަދަ ކަމެއް ހުރިކަން މޭރުންވީ ޒުވާންއިރު ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރިއިރުއެވެ. އާދައިގެ މީހުންނަށް ނުއުފުލޭ ތަކެތި ފަސޭހަކަމާއެކު އޭނާ އުފުލައެވެ. މިހާރު ބަރު އުފުލުމުގެ ކަންކަން އޭނާ ކުރަނީ ފަގީރުންނަށް އެހީވުމަށް ޚައިރާތު ކުރުމަށެވެ. ބޯމަތީގައި ބަރު ތާޖެއް ބެލަންސްކުރުމުގެ ހަރަކާތުން އެކަނިވެސް އޭނާއަށް ދެލައްކަ ފަންސާސްހާސް ޕައުންޑް ލިބުނެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު