މިމަހު އެވްރެޖްކޮށް ދުވާލަކު 5000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 5،133 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު އައިސްފައިވަނީ 4،863 ފަތުރުވެރިންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިިދިޔަ މަހާ އަޅާބަލައި އިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދުވެސް ވަނީ އިތުރުވެެފައެވެ. އެގޮތުން މި މަހުގެ މިހާތަނަށް ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި 8.5 ދުވަސް ހޭދަކުރެއެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށްވުރެ ވަނީ އިތުރުވެފައެވެ. އަދި މި އަހަރު މިހާތަނަށް ރާއްޖޭގެ ޓޮޕް މާކެޓަކަށް އޮތް ރަޝިއާ ވައްޓާލައި އިނގިރޭސި ވިލާތުން ވަނީ އެ މަގާމު ހޯދައިފައެެވެ. މިއީ ރާއްޖޭގެ ޓޮޕް މާކެޓަށް އިނގިރޭސި ވިލާތް އެރި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު