މާލޭގައި ބިދޭސީންގެ މެދުގައި މިރޭ ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އެ މާރާމާރީ ހިނގާފައިވަނީ މިރޭ، 8:20 އެހާކަންހާއިރު ހެންވޭރު ސޯސަން މަގުގައެވެ.
އެ މާރާމާރީގައި ބިދޭސީއަކަށް އަނިޔާވެފައިވާއިރު، އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މާލޭގައި ބިދޭސީންގެ މެދުގައި މިރޭ މާރާމާރީއެއް ހިނގިއިރު، ހުޅުމާލޭގައި މިއަދު ހަވީރު ވަނީ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފައެވެ. ރެސްޓޯރެންޓެއްގެ ވެއިޓަރަކަށް މަސައްކަތް ކުރާ ބަންގްލަދޭޝް މީހާ މަރާލިކަމުގެ ތުހުމަތުވަނީ އެ ރެސްޓޯރެންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ މީހަކަށެވެ. ފުލުހުން މިހާރު ވަނީ އޭނާ ހޯދަން ފޮޓޯވެސް އާންމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު