މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައި ވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް އަދިވެސް މަސް ކިރުވާ ކަމަށެވެ. އެހެންވެ، މަސް ފްރީޒު ކުރުމަށް ވަގުތު ބޭނުންވާތީ އާއި އެހެން ދަތިތައް ހައްލު ކުރުމަށް މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި މަސް ބާނާ އަދަދު މި ދުވަސްވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެހެންވެ ދޯންޏަކުން ހަތް ޓަނު ކިރައިގެން ކެޕޭސިޓީއާ އެއްވަރަށް މެނޭޖް ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ދެކުނުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވެ މަސްކިރަން ކިޔޫގައި ތިބި ދޯނިތައް އިތުރުވުމުން މިފްކޯއިން މަސް ގަންނަ އަދަދު މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ފަސް ޓަނަށް ލިމިޓް ކުރިއެވެ.
އެކަމާ ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ މަސްވެރިން ވަނީ ގއ. ކޫއްޑޫގައި ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށްވެސް ހުރަސް އަޅައިފައެވެ.
އެކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން، މިފްކޯގެ މަޝްވަރާއާއެކު އަލުން މަސްކިރަން ފެށިއެވެ. އެގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އިމްޕްލިމެންޓޭޝަން ޕްލޭނެއް ހަދައި މަސްވެރިންނަށް ކިޔޫ އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމުތައް ހަމަޖެއްސިއެވެ. އަދި ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަހެއް ކިރުމަށްވެސް ސަރުކާރުން ނިންމިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު