އިނގިރޭސިވިލާތުގެ އަންހެނަކު ސަތޭކަ ދުވަސްވަންދެން ކޮންމެ ދުވަހަކު 26.2 މޭލުގެ މެރަތަނެއްގައި ދުވެ ދުނިޔޭގެ އައު ރިކޯޑެއް ގާއިމް ކޮށްފިއެވެ.
އުމުރުން 35 އަހަރުވީ ކޭޓް ޖޭޑަންގެ ދުވުން ފެށުނީ މިއަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުއެވެ. އޭނާގެ އަމާޒަކަށްވީ ސަތޭކަ ދުވަހުގެ ތެރޭގައި 2620 މޭލު ފުރިހަމަ ކުރުމެވެ. މިރިކޯޑު އޭނާ ގާއިމުކުރީ ހުސްވި ހަފުތާގެ އާދީއްތަދުވަހު އިނގިރޭސިވިލާތުގެ ބްރައިޓަންގައި ދުވެގެންނެވެ.
ސަތޭކަ ދުވަހުގެ ތެރޭގައި 2620 މޭލަށް ދުވަން ކޭޓް ޖޭޑަން ނިންމީ ސީރިޔާގެ ރެފިއުޖީންނަށް އެހީވުމަށް ފައިސާ އެއްކުރުމުގެ މަގްސަދުވެސް ހިމެނޭ ގޮތުންނެވެ. މި ދުރުމިނަކީ ސީރިޔާގެ ހަލަބުގައި ހުރެފައި އިނގިރޭސިވިލާތާ ހަމަޔަށް ފޯރަން ސީރިޔާގެ ރެފިއުޖީއަކު ކަޑައްތު ކުރަންޖެހޭނޭ ދުރުމިނެވެ. ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މި ދުވުންތަކުން އޭނާވަނީ ފަންސަވީސް ހާސް ޕައުންޑް ހޯދައިފައެވެ. މިފައިސާ ޚަރަދުކުރާނީ ސީރިޔާގެ ރެފިއުޖީންނަށެވެ.
މެދުނުކެނޑި އެންމެ ގިނަދުވަހު މެރެތަން ދުވުން ދުވުމުގެ ދުނިޔޭގެ ރިކޯޑް އޮތީ ކުރިން އެމެރިކާގެ އެލީސާ ކްލާކަށެވެ. އޭނާ ދުވެފައިވަނީ 95 ދުވަހުއެވެ. އައު ރިކޯޑެއް ކޭޓް ޖޭޑަން ގާއިމްކުރި ކަމަށްވިޔަސް ރަސްމީގޮތުން ދުނިޔޭގެ ރިކޯޑްފޮތަށް އަރާނީ އަދި ގާތްގަޑަކަށް އެއްއަހަރު ފަހުންނެވެ. ކޭޓް ޖޭޑަން ބުނެފައިވަނީ ސަތޭކަ ދުވަސްވަންދެން ކޮންމެ ދުވަހަކު ދުވެދުވެ ވަރުބަލިވެފައިވިޔަސް ހަފުތާއެއްހައި ދުވަސްފަހުން އަނެއްކާވެސް އައު މުބާރާތަކަށް ތައްޔާރުވުމުގެ ތަމްރީނުތައް ފަށާނޭ ކަމުގައެވެ. އޭނާ ދެން ތައްޔާރުވާނީ ޖުލައިމަހު އޮންނަ މުބާރާތަކަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ