މިއަދު ބާޒާރުމަތީގެ ތަކެތީގެ އަގުތަކަށް ބަލައި އިރު، އެންމެ ބޮޑަށް ފާހަގަކުރެވެނީ މިރުހުގެ އަގު ދަށްވެފައިވުމެވެ. ރޯދަމަސް ފެށުނު އިރު، ބޮޑު ޑިމާންޑެއް އޮތުމުން އަގު ބޮޑުކޮށް ވިއްކި ކަނޑޫދޫ މިރުހުގެ އަގު ދަށްވަމުން ގޮސް މިއަދު ވިއްކަން ހުރީ ކިލޯއެއް 250 ރުފިޔާއާއި 350 ރުފިޔާއާ ދެމެދުގައެވެ. ލ އަތޮޅު މިރުހުގެ އަގު މިއަދު އުޅެނީ 300-400 ރުފިޔާއާ ދެމެދުގައެވެ.
މިއަދު މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 30-35 ރުފިޔާއަށެވެ. އެއީ މިއަދުގެ ތާޒާ މަހެވެ. ކަންނެލި ކިލޯއެއް އުޅެނީ 40 ރުފިޔާއަށެވެ.
އެހެން ބާވަތްތަކަށް ބަލާ އިރު، ކަރާގެ އަގަކަށް ރަނގަޅު ބަދަލެއް ނާދެއެވެ. ގިނަ ގޮޅިތަކުން ތޮއްޑޫ ކަރާ ކިލޯއެއް ވިއްކަނީ 25 ރުފިޔާއަށެވެ. ނަމަވެސް މަދު ގޮޅިއަކުން 20 ރުފިޔާއަށް ތޮއްޑޫ ކަރާ ކިލޯއެއް ލިބެން ހުއްޓެވެ. އަލަނާސި ކަރާގެ އަގުވެސް މިއަދު ވަނީ 35 ރުފިޔާއަށް އުފުލިފައެވެ. ލުނބޯގެ އަގަކަށްވެސް ބަދަލެއް ނާދެއެވެ. ތާޒާ ލުނބޯ ކިލޯއެއް މިއަދު ބާޒާރުގައި ވިއްކަން ހުރީ 70-75 ރުފިޔާއަށެވެ. އަދި އިންޑިއާ ކަރާ، 15 ރުފިޔާއަށް ކިލޯގެ ރޭޓުން ލިބެން އެބަހުއްޓެވެ.
- އަލަނާސި ކަރާ: 35 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 70 ރުފިޔާއަށް ކިލޯއެއް
- ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
- އިންޑިއާ ކަރާ: 15 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 100 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 25-35-40 ރުފިޔާއަށް
- ފެޝަން ފުރުޓް: 70-80 ރުފިޔާއަށް ކިލޯއެއް
- ބޮންތިރަތް ކެޔޮ: 30 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
- މާޅެސްކެޔޮ: 40 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 55 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް
- ރޯ ކަދުރު: 300 ރުފިޔާއަށް ކިލޯއެއް
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް
- ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް
- މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް
- ފިޔާ: 15-18 ރުފިޔާއަށް ކިލޯއެއް
- އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 35 ރުފިޔާއަށް ކިލޯއެއް
- ބަށި: 45-60 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 30-65 ރުފިޔާއަށް ކިލޯއެއް
- ބީންސް: 65 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 70 ރުފިޔާއަށް ކިލޯއެއް
- ބަނބުކެޔޮ: 100 ރުފިޔާއަށް
- ބޭރު ތޮޅިމިރުސް: 100 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 300-450 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 75-80 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
- ކަނޑުމަސް: 20-30 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
- މުށިމަސް: 20 ރުފިޔާއަށް ތިން މަސް
- ދޮންމަސް: 20 ރުފިޔާއަށް ތިން މަސް
- ރިއް މަސް: ނެތް
- ކުދި ފިލޮޅު، ގިނި މަސް: 80-100 ރުފިޔާއަށް ދެ މަސް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު