މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފްލެމިންގޯ (ގުޑުގުޑާ ދޫނި) ތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ކުޅިއަށް ޖެއްްސި ފްލެމިންގޯތަކުގެ ތެރެއިން ދެ ދޫންޏެއް މިއަދުވެސް އެ ކުޅީގައި އެބައުޅެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ކުޅިއަށް 15 ވަރަކަށް ފްލެމިންގޯ މަޑުކޮށްލި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ތެރެއިން ގިނަ ދޫނިތައް އަނބުރާ ވަނީ ގޮސްފައެވެ. އެކަމަކު ދެ ދޫނި މިއަދުވެސް އެ ކުޅީގެ ހިޔާވަހިކަމުގައި އެބައުޅެއެވެ. އެ ދެ ދޫނި ބަލަން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެ ކުޅިއަށް ޒިޔާރަތް ކުރެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އިއްޔެ ވިދާޅުވީ، ފްލެމިންގޯ ރާއްޖެ އަންނަނީ ފިނި މޫސުމުން ސަލާމަތްވުމަށް ކަމަށެވެ. އަދި އެގޮތަށް އައިސް ވަރަށް ގިނަ ދުވަހު އެ އަންނަ ގައުމެއްގައި މަޑުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ، ރާއްޖެ އައި ފްލެމިންގޯތަކުގެ ތެރެއިން ކުޅުދުއްފުށީ ކުޅީގައި ތިބި ދެ ދޫނި މިހާރު ތިބީ ރާއްޖެއަށް ހޭނިފައި ކަމަށެވެ.
"ފްލެމިންގޯގެ ކުލައަށް ބަދަލު އައިސް އެހުރީ މާހައުލުގެ ސަބަބުން. އެތަކެތި ކުޑަވެގެންނެއް ނޫން. ހަމަ ބޮޑެތި ފްލެމިންގޯ ރާއްޖެ އައިސް އެ އުޅެނީ،" ނައީމް ވިދާޅުވިއެވެ.
ރާއްޖެއިން މިދިޔަ އަހަރު އެންމެ ފުރަތަމަ ފްލެމިންގޯއެއް ފެނުނީ، ހއ. ފިއްލަދޫންނެވެ. އޭގެ ފަހުން އުތުރުން ދެކުނަށް ރާއްޖޭގެ ގިނަ ރަށްތަކަކުން ދޫނިތައް ފެނިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު