މިއަހަރުގެ ފިތުރު އީދާ ދިމާކޮށް، ގައުމީ އެއާލައިން، މޯލްޑިވިއަނުން، މެލޭޝިއާގެ ކުއަލަލަންޕޫރަށް ހާއްސަ ދެ ފްލައިޓް ބާއްވަން ހަމަޖައްސައިފިއެވެ.
އެ ދެ ފްލައިޓަކީވެސް ރިޓާން ދެ ފްލައިޓެވެ. އެގޮތުން ފުރަތަމަ ދަތުރު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދަތުރަށް ރާއްޖެއިން ފުރާނީ އެ ދުވަހުގެ މެންދުރު 1:20 ގައެވެ. މެލޭޝިއާއިން ރާއްޖެއަށް އައުމަށް ފުރާނީ އެ ދުވަހުގެ 22:25 ގައެވެ.
ދެވަނަ ފްލައިޓު އޮންނާނީ މޭ ހަތެއްގައެވެ. އެއީ، ފިތުރު އީދު ބަންދު ނިމޭ ހޮނިހިރު ދުވަހެވެ. އެ ދަތުރަށް ރާއްޖެއިން ފުރާނީ ހެނދުނު 8:00 ގައެވެ. މެލޭޝިއާއިން ރާއްޖެ އައުމަށް ފުރާނީ އެ ދުވަހުގެ 17:10 ގައެވެ. އެ ދެ ފްލައިޓުގެ ރިޓާން ޓިކެޓުގެ އަގު އުޅެނީ 399 ޑޮލަރަށެވެ. ނަމަވެސް އެއްކޮޅަށް ދާ ނަމަ އަގަށް ބަދަލެއް އަންނާނެއެވެ.
މޯލްޑިވިއަންގެ ޕަަބްލިކް ރިލޭޝަންސް އޮފިސަރު އަހުމަދު މުސްހިރު "ވަން" އަށް މިއަދު ވިދާޅުވީ، އަންނަ އާދިއްތައިން ފެށިގެން ބުކިންއަށް ހުޅުވާލަން ނިންމާފައިވީ ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ބުކިން ހެއްދޭނެ ކަަމަށެވެ.
"މިއީ އީދު ބަންދާ ދިމާކޮށް އަޅުގަނޑުމެންދޭ ހަދިޔާއެއް." މުސްހިރު ވިދާޅުވިއެވެ.
މޯލްޑިވިއަނުން މެލޭޝިއާއަށް ބާއްވާނީ 200 މީހުންގެ ޖާހައިގެ ބޯޓެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ގައުމެކެވެ. އަދި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންވެސް އަންނަ ގައުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު