މޯލްޑިވިއަންގެ އަމިއްލަ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް މިމަސްތެރޭގައި ފެށުމަށް އެކުންފުނިން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ވަން" އަށް މިއަދު ވިދާޅުވީ ހެޑް އޮފީސް އިމާރާތްކުރާނީ ކުރީގެ ރާވެރިޔާ ރެސްޓޯރަންޓް ހިންގި ބިމުގައި ކަމަށާއި އެ ބިމުގައި މިހާރު ހުރި އިމާރާތް ތަޅާލުމުގެ މަސައްކަތް މި މަސްތެރޭގައި ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޑިސެމްބަރާ ހަމަޔަށް އާ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ޖެނިފާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ހެޑްއޮފީސް މިހާރު ހިންގަމުން އަންނަނީ ސޯޝަލް ސެންޓަރު ކުރިމަތީގައި ހުންނާ މ. ދާރުލް އީމާން އިމާރާތުގައެވެ.
އެ އިމާރާތާއި ޖެހިގެން ހުޅަނގަށް އޮންނަ ރާވެރިޔާ ރެސްޓޯރަންޓް ހިންގި ބިމަކީ މޯލްޑިވިއަން ހިންގާ ކުންފުނި، އައިލޭންޑް އޭވިއޭޝަންގެ ބިމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު