އެއްގަމު އުޅަނދު ދުއްވުމަށް ލައިންސަންސް ނެގުމުގެ ކުރިން ވަކި ވަގުތެއް ވަންދެން ޑްރައިވިން ސްކޫލެއްގައި ދުއްވަން ޖެހޭ ގޮތަށް އެކުލަވާލި ގަވައިދު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ނެރުނު، "ޑްރައިވިން ސްކޫލް ހިންގުމާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު" ގައި ބުނީ، ލައިސަންސް ނެގުމަށް ދުއްވަން ދަސްކުރާއިރު ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން އުޅަނދު ދުއްވަން ދަސްކުރަން ޖެހޭނެ ކަމަށާއި ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑުތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ ގަވައިދު އެކުލަވާލުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ދުއްވުމުގެ އިމްތިހާނު (ޑްރައިވިން ލައިސަންސް) ފުރިހަމަކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބެއެވެ. އަދި ލައިސަންސް ނެގުމަށް ޑްރައިވިން ސްކޫލެއްގައި ބައިވެރިވެގެން ދުއްވަން ދަސްކުރިޔަސް ވަކި މުއްދަތެއް ވަންދެން ދަސްކުރަން ދުއްވުން ކުރިން ލާޒިމެއް ނޫނެވެ. ނަމަވެސް ފަހުން އެކުލަވާލި ގަވައިދު އުވާލުމުން ލައިސަންސް ނެގުމުގައި އަމަލު ކުރަން ޖެހޭނެ ކަންކަން މިވަނީ ކުރިއެކޭވެސް އެެއްގޮތަށް ބަދަލުވެފައެވެ.
ޑްރައިވިސް ސްކޫލެއްގައި ދުއްވަން ޖެހޭ އިސްލާހު ގަވައިދުން އުނިކޮށްފައިވާއިރު، އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ ތަންތަނުގައި މަސައްކަތް ކުރާ އިންސްޓްރަކްޓަރުން ފުރިހަމަ ކުރަން ޖެހޭ ތަމްރީންތަކާއި އިންސްޓްރަކްޓަރުން ހޮވުމުގައި ބަލަން ޖެހޭ މިންގަނޑުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލުއިތަކެއް ދީފައެވެ.
އެގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޑްރައިވިން އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް، ކޮންމެ ޑްރައިވިން އިންސްޓްރަކްޓަރަކު ފުރިހަމަކުރަންވާނެ ކަމަށް އޮތް މާއްދާއަށް އަމަލު ކުރުން ވަނީ ދެމަސް ދުވަސް ފަސްކޮށްފައެވެ. އަދި ޑްރައިވިން އިންސްޓްރަކްޓަރުން އިމްތިހާނު ކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި ތިއަރީއާއި ޕްރެކްޓިކަލް ޓެސްޓެއް ހިމަނަންވާނެ ކަމަށް އޮންނަ މާއްދާއަށް އަމަލު ކުރުން ވަނީ ދެމަހަށް ފަސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު