Close
ޚަބަރު

އަންހެން ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނަށް ދިމާވާ ދަތިތައް ބަލަން އިވާ ގަރާރު ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކުގެ އިތުރުން މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހެދުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބުދުﷲ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާގުގެ ބަހުސްގައި ގިނަ މެންބަރުންތަކެއް މިއަދު ވަނީ ވާހަކަ ދައްކަވައިފައެވެ.

މި ގަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ރަށްރަށާއި ސިޓީތައް ހިންގާނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުންގެ ބައިވެރިވުމާއެކުގައިކަން ކަށަވަރު ކުރުމަށް، ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށް، ރަށުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރެވޭ މެންބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނު އިސްލާހު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ގާނޫނުގެ މަގުސަދާ އެއްގޮތަށް އަންހެން ކައުންސެލަރުން، މަސްއޫލިއްޔަތު އަދާ ކުރުމުގައި ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ކޮމިޓީގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެ ގާނޫނުން ސިފަކުރިގޮތަށް، ގާނޫނުގެ ރޫހުގައި މަސައްކަތް ކުރެވޭތޯ، ކަށަވަރުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި، އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، މަސްއޫލިއްޔަތު އަދާ ކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި، އަދި މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހެދުމަށް ގޮވާލާކަމަށް އީވާ ވިދާޅުވިއެވެ.