ހުޅުމާލޭގެ މައި މަގުތައް މަރާމާތުކުރުމުގެ މަސައްކަތް މާދަމާ ފަށަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ، މައި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު އެ މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ހުޅޫމާލޭގެ މައި މަގުތައް މަރާމާތުކުރުމުގެ މަސައްކަތް 12 އެޕްރީލް 2022 ވާ އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ. އަދި މި މަސައްކަތް ކުރިއަށްދާ ވަގުތު މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފަ،" އެޗްޑީސީއިން ބުންޏެވެ.
މާދަމާ މަރާމާތު ކުރުމަށް ނިންމާފައިވާ މަގުތަކަކީ ނިރޮޅު މަގު، ހަނދުވަރީ ހިންގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ސައިމާ ހިންގުން މަގެވެ.
ޚަބަރު
ޚަބަރު
ޚަބަރު