ބާޒާރުގައި ތޮއްޑޫ ކަރާގެ އަގު މި ރޯދަމަހު ދަށް ނުވާ ވަރަށް މިއަދު ވަނީ އަގު ހެޔޮކޮށްފައެވެ. ކަރާގެ އަގު ދަށްވަމުން އައިސް މިއަދު މާރުކޭޓުގެ ދެތިން ގޮޅިއަކުން ކަރާ ކިލޯއެއް 15 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ނަމަވެސް ގިނަ ގޮޅިތަކުން އަދިވެސް ކަރާ ކިލޯއެއްް 20 ރުފިޔާއަށް ވިއްކަމުން އައި ނަމަވެސް ދެތިން ދުވަހެއްގެ ތެރޭ މުޅި މާރުކޭޓުގައި ކަރާގެ އަގު ދަށްވާނެ ކަމަށް ލަފާކުރެވެއެެވެ.

ބާޒާރުގައި ގިނަ ބާވަތުގެ އަގުތައް ދަށްވާން ފަށާފައިވާ އިރު، ލ މިރުހުގެ އަގުވެސް މިއަދު ދަށެވެ. ލ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 400-450 ރުފިޔާއަށެވެ. ކަނޑޫދޫ މިރުހުގެ އަގަކަށް މިއަދު ބަދަލެއް ނާދެއެވެ. ކިލޯއެއް ލިބެނީ 300-450 ރުފިޔާއަށެވެ.

ލުނބޯގެ އަގަށް ބަލާއިރު އިއްޔެ އަށްވުރެ މިއަދު އަގު ދަށެވެ. ލުނބޯ ކިލޯއެއް މިއަދު ބާޒާރުގައި ވިއްކަން ހުރީ 75-80 ރުފިޔާއަށެވެ.

  • އަލަނާސި ކަރާ: 25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 60 ރުފިޔާއަށް ކިލޯއެއް
  • ކަރާ: 15 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 120 ރުފިޔާއަށް ކިލޯއެއް
  • ބަންގަލަދޭޝް އަދި އިންޑިއާ ފޭރު: 80-90 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 35 ރުފިޔާއަށް
  • ދިވެހި ފެޝަން ފުރުޓް: 130 ރުފިޔާއަށް ކިލޯއެއް
  • ބޭރު ފެޝަން ފުރުޓް: 70-80 ރުފިޔާއަށް ކިލޯއެއް
  • ބޮންތިރަތް ކެޔޮ: 35 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
  • މާޅެސްކެޔޮ: 45 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 55 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް
  • ރޯ ކަދުރު: 280-300 ރުފިޔާއަށް ކިލޯއެއް
  • ކަންކުން: 10 ރުފިޔާއަށް
  • ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް
  • ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް
  • މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް
  • ގަބުޅި: 20 ރުފިޔާއަށް
  • ފިޔާ: 15-18 ރުފިޔާއަށް ކިލޯއެއް
  • އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 35 ރުފިޔާއަށް ކިލޯއެއް
  • ބަށި: 45-60 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 30-65 ރުފިޔާއަށް ކިލޯއެއް
  • ބީންސް: 65 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 60 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 35 ރުފިޔާއަށް ކިލޯއެއް
  • ބަނބުކޭލެއް: ނެތް
  • ބޭރު ތޮޅިމިރުސް: 70 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 300-450 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 75-80 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
  • ކަނޑުމަސް: 30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 40 ރުފިޔާއަށް ކިލޯއެއް
  • ގޮނދާ: 35 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 100-150 ރުފިޔާއަށް ކިލޯއެއް
  • ހަނދި: 70-80-100 ރުފިޔާއަށް ކިލޯއެއް
  • މުށިމަސް: 20 ރުފިޔާއަށް ތިން މަސް
  • ދޮންމަސް: 20 ރުފިޔާއަށް ތިން މަސް
  • ރިތް މަސް: 20 ރުފިޔާއަށް ތިން މަސް
  • ކުދި ފިލޮޅު، ގިނި މަސް: 15-20-25 ރުފިޔާއަށް މަހެއް