މޯލްޑިވިއަންގެ ފުލައިޓެއް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސައިފިއެވެ.
ވީއައިއޭގައި އެމަޖެންސީގައި ޖެއްސި މޯލްޑިވިއަންގެ އެ ފުލައިޓަކީ ވީއައިއޭ އިން ކައްދޫ އެއާޕޯޓުގައި ޖައްސަން ދިޔަ ފުލައިޓެކެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު މިރޭ “ވަން” އަށް ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން އެ ފުލައިޓު ރައްކާތެރިކަމާއެކު ވީއައިއޭގައި ޖައްސާފައިވާ ކަމަށެވެ.
“ވަން”އަށް އެނގިފައިވާ ގޮތުގައި އެ ފުލައިޓު އަނބުރާ ވީއައިއޭގައި ޖެއްސީ، ކައްދޫގައި ޖައްސަން އުޅުމުގެ ތެރޭގައި ލޭންޑިން ގިޔަރު ތިރިކުރެވިފައި ނުވާތީއެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު