މިއަދު ބާޒާރުމަތީގެ ތަކެތީގެ އަގުތަކަށް ބަލާއިރު މިރުހުގެ ޑިމާންޑެއް މިހާރަކު ނެތެވެ. ވިޔަފާރިވެރިންވެސް އެކަމަށް އެއްބަސްވާއިރު މިރުހުގެ އަގު މިވަނީ މިއަދުވެސް އިތުރަށް ދަށްވެފައެވެ. ރޯދަމަސް ފެށުނު އިރު 800 ރުފިޔާއަށް ވިއްކަމުން އައި ކަނޑޫދޫ މިރުހުގެ އަގު މިއަދު ވަނީ 300-450 ރުފިޔާއަށް ވެއްޓިފައެވެ. އަދި ރޯދަމަސް ފެށުނު އިރު 850ރ އަށް ވިއްކަމުން އައި ލ. މިރުސްވެސް މިއަދު ބާޒާރުގައި އުޅެނީ ދާދި އެއްވަރެއްގައެވެ. ގޮޅިތަކުގައި ގިނަ އަދަދަކަށް ވަރަށް ތާޒާ މިރުސް ހުރި އިރު ގިނަ ދުވަސްވެފައި ހުރި މިރުސް ހަލާކުވެ އުކާލާތަންވެސް ވަނީ ފެނިފައެވެ.

ލުނބޯގެ އަގަށް ބަލާއިރު ލުނބޯ ކިލޯއެއް މިއަދު ވިއްކަން ހުރީ 85 އާއި 100 އާއި ދެމެދުގެ އަގެއްގައެވެ. ބާޒާރުގެ އެހެން ބާވަތްތަކަށް ބަލާއިރު އަދިވެސް ގިނަ ބާވަތްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް ބައެއް ބާވަތް ތަކުގެ އަގުތައް މިއަދު ދަށެވެ. ކަރާގެ އަގުވެސް މިއަދު ބާޒާރުގައި ދަށެވެ. އިއްޔެ 25ރ އަށް ވިއްކި ތޮއްޑޫ ކަރާ މިއަދު ހުރީ ކިލޯއެއް 20ރ އަށެވެ. 35ރ އަށް ކިލޯ ވިއްކަމުން އައި އަލަނާސި ކަރާވެސް މިއަދު ވިއްކަން ހުރީ ކިލޯއެއް 25ރ އަށެވެ. އަދި ދިވެހި ދޮން އަނބުގެ އަގުވެސް ކިލޯއެއް 150ރ އިން 120ރ އަށް މިއަދު ވަނީ ދަށްވެފައެވެ.

  • ފަނިގިރާ ބާވަތްތަކާއި މޭވާގެ އަގުތައް:
  • އަލަނާސި ކަރާ: 25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 70 ރުފިޔާއަށް ކިލޯއެއް
  • ކަރާ: 20 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 120 ރުފިޔާއަށް ކިލޯއެއް
  • ބަންގަލަދޭޝް އަދި އިންޑިއާ ފޭރު: 80-90ރ އަށް ކިލޯއެއް
  • ކުރުނބައެއް: 35-40 ރުފިޔާއަށް
  • ދިވެހި ފެޝަން ފުރުޓް: 130 ރުފިޔާއަށް ކިލޯއެއް
  • ބޭރު ފެޝަން ފުރުޓް: 80 ރުފިޔާއަށް ކިލޯއެއް
  • ބޮންތިރަތް ކެޔޮ: 30-35 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
  • މާޅެސްކެޔޮ: 40 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 55 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 15ރ އަށް 2 ވައް
  • ރޯ ކަދުރު: 280 ރުފިޔާއަށް ކިލޯއެއް
  • ފަތްޕިލާވެލީގެ ބާވަތްތަކާއި ކާށި ލިބެންހުރި އަގުތައް:
  • ކަންކުން: ނެތް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ބޮނޑިއެއް
  • ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް
  • ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް
  • ކުޑަ ސައިޒުގެ ކާއްޓެއް: 7 ރުފިޔާއަށް
  • ގަބުޅި: 10-20 ރުފިޔާއަށް
  • ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތައް:
  • ފިޔާ: 15-18 ރުފިޔާއަށް ކިލޯއެއް
  • އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 50 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 30 ރުފިޔާއަށް އަށް ކިލޯއެއް
  • ބަށި: 45-60 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 30 ރުފިޔާއަށް ކިލޯއެއް
  • ބީންސް: 60 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 40 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 35 ރުފިޔާއަށް ކިލޯއެއް
  • ބަނބުކޭލެއް: 20 ރުފިޔާއަށް އަށް ކިލޯއެއް
  • ދިވެހި ތޮޅިމިރުސް: 400 ރުފިޔާއަށް ކިލޯއެއް
  • ބޭރު ތޮޅިމިރުސް: 60ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 300-500 ރުފިޔާއަށް ކިޯލޯއެއް
  • ލުނބޯ: 90-100 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
  • މަސް މާރުކޭޓުގެ އަގުތައް:
  • ކަނޑުމަސް: 30-40 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 65 ރުފިޔާއަށް ކިލޯއެއް
  • ރަތްމަސް ބޮޑު: 500 ރުފިޔާއަށް
  • ރަތްމަސް މެދު: 250 ރުފިޔާއަށް
  • ރަތްމަސް ކުޑަ: 100 ރުފިޔާއަށް
  • ފިލޮޅު ކުޑަ: 40 ރުފިޔާއަށް
  • މާނިޔަ މަސް: 80-100 ރުފިޔާއަށް
  • ހަނދި: 50-70 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ތިން މަސް
  • ދޮންމަސް: ނެތް
  • ނޫމަސް: 10 ރުފިޔާއަށް
  • ރިތް މަސް: 20 ރުފިޔާއަށް ތިން މަސް