އުމުރުން 399 އަހަރުވީ އަންހެނަކު ދުނިޔޭގައި އެބައުޅޭކަމަށް ބުނެ އިންޓަރނެޓްގައި ދައުރުވާންފެށި ވީޑިއޯތަކާއި ފޮޓޯތަކެއްގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ދާދިފަހުން ވަރަށް ބޮޑު ހައިރާންކަމެއް ވަނީ ލިބިފައެވެ. ހަމަ އެފޮޓޯތަކާއި ވީޑިއޯތައް ބޭނުންކޮށްގެން އެއީ 169 އަހަރުވީ ފިރިހެނެއްކަމަށް ބުނާ ރިޕޯޓްތަކެއްވެސް އިންޓަރނެޓްގައި ވަނީ ދައުރުވާން ފަށާފައެވެ.
މިޒާތުގެ ވާހަކަތަކުން ދުނިޔޭގެ އެތައް ބަޔަކަށް ހައިރާންކަންލިބި އަންތަރީސްވެފައިވަނިކޮށް ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ މުޅިން ތަފާތު އުމުރެއްގެ މުޅިން ތަފާތު މީހެއްކަން ވަނީ އެނގިފައެވެ. އެމީހަކީ ތައިލެންޑުގެ ފިރިހެނެއް ކަމުގައިވާ އުމުރުން 109 އަހަރުވީ ލުންގް ޓާ އެވެ. އެމީހާގެ މުނިކާފަދަރިޔަކު މިއަހަރުގެ ޖެނުއަރީމަހު މީސްމީޑިޔާގައި ޕޯސްޓްކުރި ވީޑިއޯއަކުން އެމީހާ މަޝްހޫރުވީއެވެ. އަދި އެ ވީޑިއޯ ނަކަލުކޮށްގެން އެކި މީހުން އަމިއްލަޔަށް އެކި ވާހަކަތައް އުފަންކޮށްގެން އުޅެނީއެވެ.
އުމުރުން 399 އަހަރުވީ އަންހެނެއްގެ ވާހަކަޔާއި 169 އަހަރުވީ ފިރިހެނެއްގެ ވާހަކައިން މީސްމީޑިއާ ބަންޑުންވެފައިވާއިރު ދުނިޔޭގެ ރަސްމީ ރިކޯޑުތަކުން ދައްކާގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހަކީ ޖަޕާނުގެ އަންހެނެއް ކަމުގައިވާ ކާނޭ ޓަނަންކާއެވެ. އުމުރުން 119 އަހަރުވީ ޓަނަންކާވަނީ ދުނިޔޭގެ ބޮޑު އިންފްލުއެންޒާ އާއި ފުރަތަމަ ބޮޑު ހަނގުރާމަޔާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްތައްވެސް ދެކެފައެވެ. ތަޖުރިބާކޮށްފައެވެ.
ފޮޓޯއިން ފެންނަ މުސްކުޅިޔަކީ ތައިލެންޑުގެ އުމުރުން 109 އަހަރުވީ މީހަކަށްވާއިރު އޭނާއަކީ ބުދުދީނުގެ ހާމުދުރެކެވެ. ދުނިޔޭގައި މިވަގުތުހުރި އުމުރުން އެންމެ ދުވަސްވީ މީހާކަމުގައި ނުވިއަސް އޭނާއަށްވެސް ޒާތެއްގެ ރިކޯޑެއް އެބައޮތެވެ. އެއީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ހާމުދުރުކަމަށް ވުމުގެ ރިކޯޑެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު