މިއަދު ބާޒާރުމަތީގެ ތަކެތީގެ އަގުތަކަށް ބަލައި އިރު، މިއަދު ގެނެސްފައި ހުރި ތާޒާ ތަރުކާރީއާއި މޭވާއާއި ފަތުގެ ބާވަތްތަކުގެ އަގުތައް ކުރިއެކޭ އެއްވަރަކަށް ހުރި ނަމަވެސް ގިނަ ބާވަތުގެ ތަކެތީގެ އަގުތައް އުފުލެމުންދާ ކަން ފާހަގަކުރެވެއެވެ. އެގޮތުން ބައެއް ބާވަތުގެ ތަކެތިން 5-10 ރުފިޔާ ވަރު ވަނީ އިތުރުވެފައެވެ. ކަރާ، މިރުސް އަދި ލުނބޯގެ އަގުތައް ހުރީ ދާދި އެއްވަރެއްގައެވެ.

އިއްޔެ ކަރާ ކިލޯއެއް 25 ރުފިޔާގެ ރޭޓުން ލިބުނު ނަމަވެސް މިއަދު އަނެއްކާވެސް ކަރާ ކިލޯއެއް ވަނީ 20-25 ރުފިޔާއަށް ދަށްވެފައެވެ. ކަނޑޫދޫ މިރުހުގެ އަގުވެސް ހުރީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. މިއަދު ތާޒާ ކަނޑޫދޫ މިރުސް ކިލޯއެއް 600 ރުފިޔާއަށް ލިބެން ހުރި އިރު، ސައިޒު ކުދި އަދި އެހާ ތާޒާ ނޫން މިރުސް ކިލޯއެއް 500 ރުފިޔާ ލިބެން އެބަހުއްޓެވެ. ލ. މިރުސް މިއަދު މާރުކޭޓުގައި މަދެވެ. ހުރި ގޮޅިތަކުގައިވެސް އެ ވައްތަރުގެ މިރުސް ކިލޯއެއް ލިބެން ހުރީ 500 ރުފިޔާގެ ރޭޓުންނެވެ.

ލުނބޯގެ އަގަށް ބަލައި އިރު، މާރުކޭޓު ގޮޅިތަކުން މިއަދުވެސް ލުނބޯ ކިލޯއެއް ވިއްކަމުން ދަނީ 100-120 ރުފިޔާއަށެވެ.

  • އަލަނާސި ކަރާ: 35 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 80 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 90-100 ރުފިޔާއަށް ކިލޯއެއް
  • ލަންކާ އަދި އިންޑިއާ ފޭރު: 85-90 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 30-50 ރުފިޔާއަށް، 1.5 ލީޓަރުގެ ފުޅިއެއް 130 އަށް
  • ޖުމްހޫރީމޭވާ: 60-65 ރުފިޔާއަށް ކިލޯއެއް
  • ދިވެހި އަނބު: 100-130 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 25-50 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ: 5-8 ރުފިޔާއަށް ވަކެއް
  • ކަންކުން: 5-10 އަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ބޮނޑިއެއް
  • ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް
  • ސައިޒު ބޮޑު ކާއްޓެއް: 8 ރުފިޔާއަށް
  • ކުޑަ ސައިޒުގެ ކާއްޓެއް: 5 ރުފިޔާއަށް
  • ފިޔާ: 20 ރުފިޔާއަށް ކިލޯއެއް
  • އަލުވި: 18 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 50 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 15-30 އަށް ކިލޯއެއް
  • ބަށި: 70 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 40 ރުފިޔާއަށް ކިލޯއެއް
  • ބީންސް: 65 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 35 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 130 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 40-60 ރުފިޔާއަށް ކިލޯއެއް
  • ބަނބުކެޔޮ: 60-80 ރުފިޔާއަށް ކިލޯއެއް
  • މިއަދު ބާނާފައި ހުރި ކަނޑުމަސް: 35-39 ރުފިޔާއަށް ކިލޯއެއް
  • އިއްޔެ ބާނާފައި ހުރި ކަނޑުމަސް 30 ރުފިޔާއަށް ކިލޯއެއް
  • ރަތްމަސް: 120-130 ރުފިޔާއަށް ކިލޯއެއް
  • ކުދި ގިނިމަސް، ފިލޮޅު، ރަތްމަސް: 25-40 ރުފިޔާއަށް މަހެއް
  • މުށިމަސް: 20 ރުފިޔާއަށް ފަސް މަސް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް