ހިޔާ ފްލެޓްތައް ސަރަހައްދުގައި އިތުރު ފިހާރައެއް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހިޔާގެ ޓަވަރު އެކެއްގައި "ހަޒާޝް" އިން ރީޓެއިލް ފިހާރައެއް ހުޅުވައި މިއަދު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މިއީ ހިޔާ ސަރަހައްދުގައި ހުޅުވި ދިހަ ވަނަ ފިހާރައެވެ.
އެޗްޑީސީން ބުނީ އިތުރު މާޓުތަކާއި ސުޕަމާކެޓްތައް ހިޔާ ސަރަހައްދުގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ. އޭގެ އިތުރުން އަންނައުނު ފިހާރަތަކާއި ރީތިވާ ސާމާނު ވިއްކާ ފިހާރަތަކާއި ފޮޓޯ ސުޓޫޑިއޯ އާއި ޕްރިންޓުކުރާ ތަންތަނާއި ޖިމަކާއި ސާވިސް ސެންޓަރެއްވެސް ހުޅުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު