މިއަދު ބާޒާރުމަތީގެ ތަކެތީގެ އަގުތަކަށް ބަލައި އިރު، މިއަދު ގެނެސްފައި ހުރި ތާޒާ ތަރުކާރީ އަދި މޭވާގެ އަގުތައް ކުރިއެކޭ އެއްވަރަކަށް ހުރި ނަމަވެސް ގިނަ ބާވަތުގެ ތަކެތީގެ އަގުތައް ދަށްކަން ފާހަނގަކުރެވެއެވެ. އެގޮތުން ބައެއް ބާވަތުގެ ތަކެތިން 5-10ރ ވަރު ވަނީ ދަށްވެފައެވެ. ކަރާ، މިރުސް އަދި ލުނބޯގެ އަގުތައް ހުރީ ދާދި އެއްވަރެއްގައެވެ.
އިއްޔެ ކަރާ ކިލޯއެއް 20ރ ގެ ރޭޓުން ލިބުނު ނަމަވެސް މިއަދު އަނެއްކާވެސް ކަރާ ކިލޯއެއް ވަނީ 25ރ އަށް ބޮޑުވެފައެވެ. ކަނޑޫދޫ މިރުހުގެ އަގުވެސް ހުރީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. މިއަދު ތާޒާ ކަނޑޫދޫ މިރުސް ކިލޯއެއް 650ރ އަށް ލިބެން ހުރި އިރު ސައިޒު ކުދި އަދި އެހާ ތާޒާ ނޫން މިރުސް ކިލޯއެއް 520ރ ލިބެން އެބަހުއްޓެވެ. ލ. މިރުސް މިއަދު މާރުކޭޓުގައި މަދެވެ. ހުރި ގޮޅިތަކުގައިވެސް އެ ވައްތަރުގެ މިރުސް ކިލޯއެއް ލިބެން ހުރީ 700ރ ގެ ރޭޓުންނެވެ.
ލުނބޯގެ އަގަށް ބަލައި އިރު، މާރުކޭޓު ގޮޅިތަކުން މިއަދުވެސް ލުނބޯ ކިލޯއެއް ވިއްކަމުން ދަނީ 90-100ރ އަށެވެ.
ފަނިގިރާ ބާވަތްތަކާއި މޭވާގެ އަގުތައް:
އަލަނާސި ކަރާ: 35ރ އަށް ކިލޯއެއް
ރޮކް މެލަން: 60ރ އަށް ކިލޯއެއް
އިޖިޕްޓް ފޭރު: 90-100ރ އަށް ކިލޯއެއް
ލަންކާ އަދި އިންޑިއާ ފޭރު: 85-90ރ އަށް ކިލޯއެއް
ކުރުނބައެއް: 50-40ރ އަށް
ޖުމްހޫރީމޭވާ: 60ރ. އަށް ކިލޯއެއް
ދިވެހި އަނބު: 100-150ރ. އަށް ކިލޯއެއް
ދޮންކެޔޮ: 50ރ. އަށް ކިލޯއެއް
ފަޅޯ: 25-50ރ. އަށް ކިލޯއެއް
ކަށިކެޔޮ: 5ރ އަށް ވަކެއް
ފަތްޕިލާވެލީގެ ބާވަތްތަކާއި ކާށި ލިބެންހުރި އަގުތައް:
ކޮޕީފަތް: 10ރ އަށް ބޮނޑިއެއް
ކަންކުން: 5ރ އަށް ބޮނޑިއެއް
ކުއްޅަފިލާފަތް: 10ރ އަށް ބޮނޑިއެއް
ހިކަނދިފަތް: 10ރ އަށް ބޮނޑިއެއް
ރާނބާފަތެއް: 5ރ އަށް
ސައިޒު ބޮޑު ކާއްޓެއް: 10ރ. އަށް
ކުޑަ ސައިޒުގެ ކާއްޓެއް: 5ރ އަށް
ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތައް:
ފިޔާ: 15ރ އަށް ކިލޯއެއް
އަލުވި: 15ރ އަށް ކިލޯއެއް
ލޮނުމެދު: 40 ރ. އަށް ކިލޯއެއް
ކިއުކަމްބާ: 25ރ އަށް ކިލޯއެއް
ބަށި: 40ރ އަށް ކިލޯއެއް
ޓޮމާޓޯ: 50ރ އަށް ކިލޯއެއް
ބީންސް: 60ރ އަށް ކިލޯއެއް
ބަޓާނާ: 35ރ އަށް ކިލޯއެއް
ލެޓިއުސް: 40ރ އަށް ކިލޯއެއް
ކައްޓަލަ: 50ރ އަށް ކިލޯއެއް
ބަނބުކެޔޮ: 80ރ އަށް ކިލޯއެއް
މަސް މާރުކޭޓުގެ އަގުތައް:
މިއަދު ބާނާފައި ހުރި ކަނޑުމަސް: 40-30ރ. އަށް ކިލޯއެއް
އިއްޔެ ބާނާފައި ހުރި ކަނޑުމަސް: 25ރ. އަށް ކިލޯއެއް
ރަތްމަސް: 120ރ އަށް ކިލޯއެއް
ކުދި ގިނިމަސް، ފިލޮޅު، ރަތްމަސް: 25-40ރ އަށް މަހެއް
މުށިމަސް: 20ރ އަށް ފަސް މަސް
ދޮންމަސް: 20ރ އަށް ފަސް މަސް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު