އިންޑިއަން ހައި އިމްޕެކެޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ގްރާންޓް އެސިސްޓެންޓް ސްކީމުގެ ދަށުން ރާއްޖޭގައި މުޅިން އާ ހަތް މަޝްރޫއެއް ހިންގުމަށް ފަންޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.
އެ މަޝްރޫއުތައް އިއުލާންކުރެވިފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް މިފަހުން ކުރެއްވި ދަތުރުގައެވެ. 132 މިލިއަން އިންޑިއަން ރުޕީސް (27 މިލިއަން ދިވެހި ރުފިޔާ) އެ ހަތް މަޝްރޫއަށް ހަރަދުވާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
އެ މަޝްރޫއުތަކާއެކު އިންޑިއަން ހައި އިމްޕެކެޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަރާނެކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އޭގެ ތެރެއިން ދެ މަޝްރޫއެއް ކަމަށްވާ "ވިލުނު" ޑްރަގް ޑިޓްކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަން ސެންޓާ އާއި އައްޑޫ މީދޫ އިކޯ- ޓޫރިޒަމް ޒޯން ވަނީ މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި އިފްތިތާހުކޮށްދެއްވާފައިވާ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.
އެޗްއައިސީޑީޕީއިން މަޝްރޫއުތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި، އިކޯ- ޓޫރިޒަމް، ދެމެހެއްޓެނެވި ތަރައްގީ، ދަނޑުވެރިކަން، ސަގާފަތާއި ތަރިކަ، ސިއްހީ، ރަށްރަށުގެ އިންފްރާސްޓްރަކްޗާ އާއި ތައުލީމީ ދާއިރާއެވެ. ރާއްޖޭގައި ހިންގޭ އެޗްއައިސީޑީޕީ މަޝްރޫއުތަކަށް ޖުމްލަ 155 މިލިއަން ދިވެހި ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އެޗްއައިސީޑީޕީ ގެ ދަށުން ހިންގާ މަޝްރޫއުތަކުގެ އިތުރުން، އިންޑިއާގެ ފަރާތުން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއެއް ހިންގަން ހަމަޖެހިފައިވާއިރު އޭގެތެރެއިން، 15 މަޝްރޫއުއެއް ވަނީ މިހާރު ނިންމާ އިފްތިތާހުކޮށްފައެވެ.
ހައި ކޮމިޝަނުން ބުނީ، އެޗްއައިސީޑީޕީތައް ފަރުމާކޮށްފައިވަނީ އެރަށެއްގެ ބޭނުންތަކަށް އިސްކަންދީގެން ކަމަށެވެ. އެޗްއައިސީޑީޕީ ގިނަ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުން ކަމަށާއި އޭގެ ސަބަބުން ކައުންސިލްތަކުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުންނެވެ.
- ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޯޑިއޮލޮޖީ ޔުނިޓް
- ފ. ނިލަންދޫ މާބުދުގެ
- ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމް
- ނ. މަނަދޫ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް
- އދ. ދިއްގަރު ޒުވާނުންގެ މަރުކަޒު
- އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މެންޓަލް ހެލެތް ޔުނިޓް
- ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓީކްސް ފެސިލިޓީ
އެ މަޝްރޫއުތަކާއެކު އެޗްއައިސީޑީޕީން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަރާނެއެވެ. އޭގެ ތެރެއިން ދެ މަޝްރޫއެއް ކަމަށްވާ "ވިލުނު" ޑްރަގް ޑިޓްކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަން ސެންޓާ އާއި އައްޑޫ މީދޫ އިކޯ- ޓޫރިޒަމް ޒޯން ވަނީ މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި އިފްތިތާހުކޮށްދެއްވައިފައެވެ.
އެޗްއައިސީޑީޕީން މަޝްރޫއުތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިކަން، އިކޯ- ޓޫރިޒަމް، ދެމެހެއްޓެނެވި ތަރައްގީ، ދަނޑުވެރިކަން، ސަގާފަތާއި ތަރިކަ، ސިއްހީ، ރަށްރަށުގެ އިންފްރާސްޓްރަކްޗާ އާއި ތައުލީމީ ދާއިރާއެވެ. ރާއްޖޭގައި ހިންގޭ އެޗްއައިސީޑީޕީ މަޝްރޫއުތަކަށް ޖުމްލަ 155 މިލިއަން ދިވެހި ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އެޗްއައިސީޑީޕީގެ ދަށުން ހިންގާ މަޝްރޫއުތަކުގެ އިތުރުން، އިންޑިއާގެ ފަރާތުން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއެއް ހިންގަން ހަމަޖެހިފައިވާއިރު އޭގެތެރެއިން، 15 މަޝްރޫއުއެއް ވަނީ މިހާރު ނިންމައި އިފްތިތާހުކޮށްފައެވެ.
ހައި ކޮމިޝަނުން ބުނީ، އެޗްއައިސީޑީޕީތައް ފަރުމާކޮށްފައިވަނީ އެރަށެއްގެ ބޭނުންތަކަށް އިސްކަންދީގެން ކަމަށެވެ. އެޗްއައިސީޑީޕީ ގިނަ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުން ކަމަށާއި އޭގެ ސަބަބުން ކައުންސިލްތަކުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު