ކުންފުންޏާ ބެހޭ އާ ގާނޫނެއް އެކުލަވާލުމަށްޓަކައި ސަރުކާރުގެ ފަޜާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުންފުނީގެ ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ބިލު މިއަދު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ކުންފުނިތައް އުފެއްދުމާއި، ހިންގުމަށް ބޮޑެތި ލުއި ގޮތްތަކެއް ދިނުމަށް މި ބިލުގައި ވަނީ ހިމަނައިފައެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ، ކުންފުންޏާ ބެހޭ ގާނޫނަކީ 1996 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނެކެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވުުމުން، މީގެ 26 އަހަރު ކުރިން އުފެއްދި އެ ގާނޫނު އުވޭނެއެވެ.
މި ބިލުގައި ހަތަރު ބާވަތެއްގެ ކުންފުނި އުފެއްދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ލޯކަލް އޮތޯރިޓީ ކުންފުނި ހިމެނެއެވެ. މީގެ ތެރެއިން ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޭނުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި، ކައުންސިލުތަކަށް ވިޔަފާރިކުރެވޭނެ މަގު ތަނަސްކުރުމަށް އަމިއްލައަށް ކުންފުނި އުފައްދައިގެން ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްކުރުމެވެ.
ޖުމުލަ 201 ސަފްހާގެ ހިމެނޭ، މި ބިލު ވަނީ 16 ބާބެއްގެ މައްޗަށް އެކުލަވާލައިފައެވެ.