ހަތް ރަށެއްގައި ހޮސްޕިޓަލް ހަދައިދޭނެ ބަޔަކު ހޯދަން ބިޑަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާ ވަރުގަދަކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހަތް ހޮސްޕިޓަލް ހަދަން ނިންމާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލްތައް ހަދަނީ ކުވެއިތު ފަންޑުގެ އެހީގައެވެ.
ހޮސްޕިޓަލް ހަދަން އިއުލާންކުރި ހަތް ރަށަކީ:
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ނ. ވެލިދޫ
- ކ. ތުލުސްދޫ
- އދ. މާމިގިލި
- ވ. ފެލިދޫ
- ތ. ވިލުފުށި
ފިނޭންސްގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ ހޮސްޕިޓަލްތައް ހަދަން ޝައުގުވެރިވާ ކުންފުނިތަކުން ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީގައި އެކަމަށް އެދި ރަޖިސްޓްރީކުރަން ޖެހޭނެއެވެ. ރަޖީސްޓީކުރުމުގެ ސުންގަޑިއަކީ 6 ޖޫން 2022ގެ 13:00 އެވެ. ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 1،500ރ ނަގާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިޑް ހުށަހެޅުމުގެ ސުންގަޑި އަކީ 9 ޖޫން 2022ގެ 13:00 އެވެ. އަދި ކޮންމެ ޕްރޮޖެކްޓަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000 ޑޮލަރު ދައްކަންޖެހެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހަތް ރަށުގެ އިތުރުން ގދ. ތިނަދޫ, ޏ. ފުވައްމުލައް, ހދ. ކުޅުދުއްފުށި, އއ. ރަސްދޫގެ މިހާރު ހަދަމުންދާ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ނިމުމުން ޓެންޑަރަށްލާނެއެވެ އަދި އެ ހޮސްޕިޓަލްތަކަކީވެސް ކުވެއިތު ފަންޑުގެ އެހީގައި ހަދާ ހޮސްޕިޓަލްތަކެއް ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު