މިނިވަންކަން ގެއްލޭނެ އެއްވެސް މާހައުލެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ވިދާޅުވީ، އޭސީސީއަށް އެއްވެސް ނުފޫޒެއް ނެތް ކަމަށާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރާ އުސޫލުން އޭސީސީ އަބަދުވެސް ޖަވާބުދާރީ ކުރެވޭނެ ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ދެފުށް ފެންނަ ގޮތެއްގައި، އިންސާފުވެރިކަމާއެކު ވަކިފަރާތަކަށް ބުރަނުވެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނެތް މިނިވަންކަން ގެއްލޭނެ އެއްވެސް މާހައުލެއް. މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް އެއްވެސް ގޮންޖެހުމެއް" އާދަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭސީސީން މަސައްކަތްތައް ބައްޓަންކުރާނީ މައިގަނޑު ހަ ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ އާރުލާ ތަހުގީގާއި އިދާރީ ފަހިކަމާއި ބާރުވެރި މުވައްޒަަފުންނާއި މަސްލަހަތުވެރިންގެ އިތުބާރާއި ވަށާޖެހޭ ވިޔަނުދިނުމާއި ޒަމާނީ ސުމޭކުކަމުގެ މައްޗަށެވެ.
"ވަކި ފަރާތަކަށްވީތީއެއް، ވަކި މަގާމަކަށްވީތީއެއް އެއަކަށް އަޅުގަނޑުމެން އެއްވެސް ތަފާތެއް ނުގެންގުޅޭނަން. އެކަމަކު މައްސަލައިގެ ބާވަތުން އަޅުގަނޑުމެން ޕްރިއޮޓައިޒް ކުރެވިގެންދާނެ" އާދަމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޭސީސީއާ ހަވާލުވީ، ގާނޫނުން މަތިކޮށްފައިވާ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ ނަޒާހާތްތެެރިކަމާ އެކު ތައައްސަބުން އެއްކިބާވެ ތިބެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު