ޚަބަރު

އުރިދޫގެ ޑައިރެކްޓާ ފިނޭންސްގެ މަގާމަށް ޒަރީރު އައްޔަންކޮށްފި

މުހައްމަދު އިޝާން

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ ފިނޭންސްގެ މަގާމަށް ހުސެއިން ޒަރީރު އައްޔަންކޮށްފިއެވެ.

ޒަރީރު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެެވެ.

ޑިރެކްޓާ ފިނޭންސްގެ މަގާމަށް ޒަރީރު އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ އޫރީދުގެ ފައިނޭންސް ޑިޕާޓްމެންޓުގައި މަތީ މަގާމުތަކެއް އަދާކުރައްވައިފައެވެ.

އެގޮތުން 2005 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް ޒަރީރު ވަނީ އުރީދޫގެ ފައިނޭންޝިއަލް އެންޑް މެނޭޖްމެންޓް އެކައުންޓިން، ފައިނޭންޝިއަލް ޕްލޭނިން، ބަޖެޓިން، ފައިނޭންޝިއަލް ކޮންޓްރޯލް، ޑިޖިޓަލް ސްޓެރެޖެޓީ ޑިވެލޮޕްމެންޓް އަދި ޕްރޮޖެކްޓް މެނޭޖްމެންޓްގެ އިސްމަގާމުތަކެއް އަދާކުރައްވައިފައެވެ.

އުރީދޫން ބުނީ، ޒަރީރަކީ ފައިނޭންސްގެ ދާއިރާގެ 15 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ. ޒަރީރުގެ ބެއްލެވުމުގެ ދަށުން ކުރި މަސައްކަތްތަކުގެ ސަބަބުން އެ ކުންފުންޏަށް އިތުރު ކުރިއެރުން ހޯދިފައިވާ ކަމަށެވެ.

ޒަރީރުއަކީ އިންސިޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓިސްގެ މެންބަރަކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުން އިންސިޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓިސްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ.

މީގެ އިތުރުން ޒަރީރު ވަނީ އުރިދޫން ކުރިއަށް ގެންދިޔަ އެކިއެކި ޑިވެލޮޕްމެންޓް ކޯސްތައް ފުރިހަމަކުރައްވައިފައެވެ. އޭގެ ތެރޭގައި އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް ޑިވެލޮޕްމެންޓާ ގުޅިގެން އުރީދޫން ކުރިއަށް ގެންދިޔަ ލީޑާޝިޕް ޕްރޮގްރާމް ވެސް ހިމެނެއެވެ.

އުރީދޫން ބުނީ ޒަރީރުގެ ބެއްލެވުމުގެދަށުން އެ ކުންފުނި އާ ހަރުފަތްތަކެއް ގިރާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.