ދިރާގު ޓީވީގެ ފަރާތުން ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ހަރަދަކާ ނުލައި ބަލައިލެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ދިރާގުޓީވީ ގޯލްޑް ޕެކޭޖުގެ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވާލެވޭ ފަސް ކަސްޓަމަރަކަށް ޖުމުލަ ދިހަ މީހަކަށް ރޯދަވީއްލުމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް މިމަހުގެ 11 ވަނަ ދުވަހު ދިރާގު ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާންކުރާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ހަރަދަކާ ނުލައި ބަލައިލެވޭނެ ކަމަށް ވެސް ބުންޏެވެ.

އެންމެ މަގުބޫލު ޓީވީ ޗެނަލްތައް އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ. 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 އިންސައްތަ ގޭބިސީއަށް ދިރާގު ޓީވީ ހިދުމަތް ފޯރުކޮށްދީފައެވެ.