ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތަކަށް 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ފަދަ އޮފާތަކަކާއެކު، ދިރާގު ރޯދާ އޮފާތައް ތައާރަފުކޮށްފިއެވެ.

ދިރާގުން އިއްޔެ ތައާރަފުކުރި އޮފާތަކުގެ ތެރެއިން ރޯދަމަހު ދިރާގު ފައިބާ ބްރޯޑްބޭންޑުގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް މިމަހުގެ ނިޔަލަށް 50 ޕަސެންޓު ޑޭޓާ ލިބިގެންދާނެއެވެ.

ދިރާގުގެ މެނޭޖާ ކޮންސިއުމާ ޖަނާ އިބްރާހިމް ވިދާޅުވީ، ރޯދަ މަހުގެ ތެރޭގައި ދީނީ އަދި އެންޓަޓެއިންމެންޓް ފަދަ ޕްރޮގްރާމުތައް ބެލުން އިތުރުވެގެންދާތީ، އެ އޮފާތަކުގެ ފައިދާ ހުރިހާ ކަސްޓަމަރުންނަށްވެސް ކުރާނެ ކަމަށެވެ.

ދިރާގުން ވަނީ، މޯބައިލް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން ދިރާގު މޯބައިލް އެޕުން ޑާޓާ ހަދިޔާކުރުމުން 100 ޕަސެންޓު އިތުރު ޑޭޓާ ލިބޭއިރު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާ ބަންދެއްގައި ހިލޭ ދެ ޖީބީ ޑޭޓާ ލިބޭނެއެވެ. އަދި އަމިއްލަ ވޮއިސް ޕްލަސް ޕްލޭނުން 50 ޕަސެންޓް ޑިސްކައުންޓު ލިބޭނެއެވެ.

ދިރާގުން ވަނީ ރޯދަ މަހު، އިތުރު ޗާޖަކާ ނުލައި ދިރާގު ޓީވީގެ ޗެނަލްތައް ބެލޭނެ ގޮތްވެސް ހަމަޖައްސަފައިފައެވެ.

ދިރާގުން ބުނީ "ގޯލްޑް ޕެކް" ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަކަށް ރޯދަ ވީއްލުމުގެ ޕެކޭޖެއް ލިބޭނެ ކަމަށާއި މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް، ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.