މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފިއެވެ.

ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވީ، މިއަދު އިރުއޮއްސުނު އިރު، ރާއްޖޭގެ ބައެއް ރަށްރަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާއަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް މިނިސްޓަރު ވަނީ ކަނޑައަޅުއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި ﷲގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ، ވަސިއްޔަތްކުރާ ކަމަށެވެ.