މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ބާއްވަން ނިންމި ނައިޓު މާކެޓު ނުބާއްވަން އެ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކައުންސިލުން ރޯދައަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ސިޓީ ނައިޓް މާކެޓް" ވަގުތު ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ރޯދަޔަށް ހާއްސަކޮށްގެން ނައިޓުމާކެޓު ބާއްވަން ނިންމީ މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމަކީވެސް އެ ނައިޓްމާކެޓް ބާއްވަން ބޭނުންވި މަގުސަދެއް ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.
ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާއިރު، އެއްވުންތަކާއި ހަފުލާތަކާއި ނައިޓު މާކެޓުތަކާއި ފެއާ ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު