ވޯލްޑް ގަވަމެންޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސްލް ނަސީމް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ނައިބު ރައީސްގެ އެ ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރެއްފުޅެއް ކަމަށެވެ. ނައިބު ރައީސް ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ އިތުރުން އެކިއެކި ގައުމުތަކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ވޯލްޑް ގަވަމެންޓް ސަމިޓުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.
މިއަހަރުގެ ވޯލްޑް ގަވަންމަންޓް ސަމިޓްގައި ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެ ގޮތް ވަޒަންކޮށް ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަގުބަލް ތަސައްވުރުކުރާނެއެވެ.
އެ ސަމިޓުގައި އެކި ގައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެ ފަރާތްތަކުން ސަމިޓުގައި ހިޔާލުބަދަލުކުރައްވައި ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހި ކުރައްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު