ވިޔަފާރި

ނޯޓް ކޮސްމެޓިކްސްގެ މޮނޯ ސްޓޯރެއް އެސްޓީއޯ ސުޕަމާޓުގައި ހުޅުވައިފި

އަލީ ޔާމިން

ނޯޓް ކޮސްމެޓިކްސްގެ މޮނޯ ސްޓޯރެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް (ސުޕަމާޓު)ގައި ރޭ ހުޅުވައިފިއެވެ.

އެ ސްޓޯރު ހުޅުވައިދެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެސްޓީއޯގެ ބޯޑް ޑިރެކްޓަރު އާމިނަތު ރުޝްމާއެވެ.

ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު، ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސަރު އިސްމާއިލް އަޒްމީ އަދުނާން ވިދާޅުވީ، އެސްޓީއޯ ސުޕަމާޓުގައި ހުޅުވި ނޯޓްގެ މޮނޯ ސްޓޯރަކީ ރާއްޖޭގައި ހުޅުވި ނޯޓް ކޮސްމެޓިކްސްގެ އިންޓަނޭޝަނަލް ދެވަނަ މޮނޯ ސްޓޯރު ކަމަށެވެ. އެސްޓީއޯ ސުޕަމާކެޓުގައި ނޯޓްގެ މޮނޯ ސްޓޯރެއް ހުޅުވިގެން ދިއުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށްވެސް ވިދާޅުވިއެވެ.

އަޒްމީ ވިދާޅުވީ، ނޯޓް ކޮސްމެޓިކްސްގެ ތަކެތި ތައްޔާރުކުރަނީ ދިވެހިންގެ ނާޒުކު ހަންގަނޑާ ގުޅޭ ގޮތަށް ކަމަށެވެ. އެގޮތުން ނޯޓް ކޮސްމެޓިކްސް އަކީ 100 ޕަސެންޓު ހަލާލު ބްރޭންޑެއް ކަމަށްވެސް ވިދާޅުވިއެވެ.

"ނޯޓަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރެވުނު ހަލާލު ކޮސްޓިއުމް ބްރޭންޑް. ފާހަގަކޮށްލަން ޖެހެނީ ހަލާލު ބްރޭންޑެއްގެ މުހިންމުކަން. އާންމު ގޮތެއްގައި އަޅުގަނޑުމެން މި ބޭނުންކުރާ ކޮސްމެޓިކް ބްރޭންޑްތަކުގައި މޫނު ފޮހުމަށް ބޭނުންކުރާ ބާވަތްތަކުގައި އޫރުމަހުގެ ބާވަތްތައް ހިމަނާފައި ހުރޭ. ދިވެހިންނަށް ނޭނގި އެބަ ބޭނުން ކުރެވޭ" އަޒްމީ ވިދާޅުވިއެވެ.

އަޒްމީ ވިދާޅުވީ ނޯޓް ބްރޭންޑްގެ ހުރިހާ ތަކެއްޗެއްވެސް އުފައްދަނީ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

ނޯޓް ކޮސްމެޓިކްސްގެ މޮނޯ ސްޓޯރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓިކްޓޮކްގައި މަޝްހޫރު ގިނަ ތަރިން ބައިވެރިވިއެވެ. ލައިވް މިޔުޒިކާއެކު ކުރިއަށްދިޔަ އިވެންޓުގައި "ދައުވަތު ދީގެން" ދިޔަ ފަރާތްތަކަށް ނޯޓުގެ ފަރާތުން ވަނީ ހަދިޔާ ދީފައެވެ. ނޯޓް ކޮސްމެޓިކްސް އަކީ ރާއްޖޭގެ އެންމެ ނަން ހިނގާ އެންމެ ގިނަ ބަޔެއްގެ މެދުގައި މަގުބޫލު އެއް ކޮސްމެޓިކް ބްރޭންޑެވެ.