ހުޅުމާލެ ފޭސް އެކެއްގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މިރޭ މެދުކެނޑިދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ، ހުޅުމާލެ މެއިން ވޯޓާ ނެޓްވޯކް އަޕްގްރޭޑިން މަސައްކަތްކުރުމަށްޓަކައި މިރޭ 11:00 އިން ފަތިހު 4:00 އަށް ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން ފެނުގެ ހިދުމަތް މެދުކެނޑުމަށް ހަމަޖެހިފައިވަނީ ކުރެދިމާ ހިނގުން މަގުގައި ހުންނަ މަސްޖިދް އަލް އުމަރް ބިން އަލް ހަތާބްއާ ހަމައިން ފެށިގެން ގޮސް ދިއްގަރު މަގުން ގޮސް އުނިމާ ހިނގުމާ ހަމައަށެވެ. އެމްޑަބްލިޔުއެސްސީން ބުނީ އެ ސަރަހައްދުތަކުގައި ހުންނަ ގެތަކުންނާއި އެހެން ތަންތަނުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
މީގެ އިތުރުން އަންނަ ހުކުރު ދުވަހުގެ ރޭ ވެސް ހަމަ އެ ގަޑިތަކުގައި އެ ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ވަނީ އެ ކުންފުނިން ބުނެއެވެ. އެކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްޑަބްލިޔުއެސްސީން ވަނީ މައާފަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު