ދަރުބާރުގޭގައި ހިންގާ ވެކްސިން ސެންޓަރު ބަންދުކުރަން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގަމުން އަންނަ ދަރުބާރުގޭގައި ހުރި ވެކްސިން ސެންޓަރު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކުރާނެ ކަމަށެވެ.
ދަރުބާރުގޭގައި ހުރި ވެކްސިން ސެންޓަރު ބަންދުކުރަން ނިންމުމާއެކު މާލޭ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނީ، ދެ ހޮސްޕިޓަލަކުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ.
ދަރުބާރުގޭގައި ހިންގާ ވެކްސިން ސެންޓަރު ބަންދުކުރަން ނިންމާފައި މިވަނީ ކޮވިޑުގެ ނަންބަރުތައް ރާއްޖޭގައި މަދުވުމާއި ވެކްސިން ޖެހި އާބާދީ އިތުރުވުމާއެކުއެވެ. މީގެ ދެ އަހަރު ކުރިން ރާއްޖޭގައި އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވެސް މިމަހުގެ 13 ވަނަ ދުވަހު ވަނީ އުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު